ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

23 އޯގަސްޓު 2021 12:40

ނަންބަރު

29

މާލިއްޔަތު ކޮމިޓީގެ 2021 ވަނަ އަހަރުގެ 29 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓް އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢަށް ބޭނުންފާ ފައިނޭންސިންގ ހަމަޖެއްސުމަށްޓަކައި ކުވައިތް ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކުވައިތް ފަންޑް) އާއި ދިވެހި ސަރުކާރާއި ދެމެދު 15,000,000 (ފަނަރަ މިލިއަން) ކުވައިތް ދީނާރުގެ ލޯނު އެއްބަސްވުމުގައި 12 ޖުލައި 2021 ގައި ސޮއިކޮށްފައިވާތީ، އެ ލޯނާ ގުޅޭ މަޢުލޫމާތު މެންބަރުންނާ ޙިއްޞާކުރެވިފައިވެއެވެ. އިސްލާމިކް ކޯޕަރޭޝަން ފޮރ ދި ޑިވެލޮޕްމަންޓް އޮފް ޕްރައިވެޓް ސެކްޓަރ (އައިސީޑީ) ސްކޫކު ޕްރޮގްރާމްގެ ދަށުން ވިއްކާފައިވާ ސުކޫކާ ގުޅޭގޮތުން މަޢުލޫމާތު 06 މޭ 2021 ގައި މިނިސްޓްރީ އޮފް ފިނޭންސްއިން ފޮނުއްވާފައިވާ މަޢުލޫމާތު މެންބަރުންނާ ޙިއްޞާކުރެވިފައިވެއެވެ. މިނިސްޓްރީ އޮފް ފިނޭންސް އިން ފޮނުވާފައިވާ ދައުލަތުގެ މެދުރާސްތާގެ ދަރަނީގެ ސްޓްރެޓެޖީ 2022-2024 އަދި "ފިސްކަލް ރިސްކް ސްޓޭޓްމަންޓް 2021" އާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސްއާ ބައްދަލުކުރެއްވުމަށް ނިންމާފައިވެއެވެ. މާޅޮސްމަޑުލު އުތުރބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ ވަރަށް ބޮޑަށް ބައުވެ ރެނގުލާފައިވުމުގެ ސަބަބުން 2022 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުގައި އެ ކައުންސިލްގެ އިދާރާ ހިމަނައިދެއްވުމަށް އެދި ލޯގަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވާފައިވާ ސިޓީ މެންބަރުންނާ ޙިއްޞާކުރެވިފައިވެއެވެ. ކައުންސިލްތަކަށް އިންޓަރނެޓ ބޭންކިންގެ ޚިދުމަތް ތައާރަފް ކުރުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އިން ޝާއިޢުކޮށްފައިވާ މާލިއްޔަތާބެހޭ ސަރކިއުލަރ މެންބަރުންނާ ޙިއްޞާކުރެވިފައިވެއެވެ. ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން މާލީ ޒިންމާދާރުވެރިޔާގެ ޒިންމާއާއި މަސްޢޫލިއްޔަތު އަދާކުރުމާ ގުޅޭގޮތުން 12 މެއި 2021 މިނިސްޓްރީ އޮފް ފިނޭންސްއިން ނެރިފައިވާ މާލިއްޔަތާބެހޭ ސާރކިއުލަރ މެންބަރުންނާ ޙިއްޞާކުރެވިފައިވެއެވެ. ޖޯޖް ސްޓުއާޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އިންޝުއަރެންސް ބްރޯކަރެއްގެ ގޮތުގައި ރާއްޖޭގައި ވިޔަފާރި ކުރުމުގެ ލައިސަންސް މޯލްޑިވްސް މަނިތަރީ އޮތޯރިޓީން ދެއްވާފައި ނުވާކަމަށް ބަޔާންކޮށް ހުށަހަޅުއްވައި، ސްޓޭޓް އޯންޑް އެންޓަޕަރައިސަސް ކޮމިޓީން ފޮނުވާފައިވާ މައްސަލަ މެންބަރުންނާ ޙިއްޞާކުރެވިފައިވެއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
12 އޯގަސްޓު 2021 - ކުވައިތް ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކުވައިތް ފަންޑް) އާއި ދިވެހި ސަރުކާރާއި ދެމެދު ވެފައިވާ 15,000,000 (ފަނަރަ މިލިއަން) ކުވައިތް ދީނާރުގެ ލޯނުގެ އެއްބަސްވުުން
1 އޯގަސްޓު 2021 - ޖޯޖް ސްޓުއާޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އިންޝުއަރެންސް ބްރޯކަރެއްގެ ގޮތުގައި ރާއްޖޭގައި ވިޔަފާރި ކުރުމުގެ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދެއްވާފައި ނުވާ މައްސަލަ
12 ޖުލައި 2021 - އިނގުރައިދޫ ކައުންސިލްގެ އިދާރާ 2022 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުގައި ހިމަނައިދެއްވުމަށް
11 ޖުލައި 2021 - ކައުންސިލްތަކަށް އިންޓަރނެޓް ޚިދުމަތް ތައާރަފް ބެހޭ މާލިއްޔަތާބެހޭ ސަރކިއުލަރ
2 ޖޫން 2021 - ފިސްކަލް ރިސްކް ސްޓޭޓްމަންޓް 2021
10 މޭ 2021 - ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން މާލީ ޒިންމާދާރުވެރިޔާގެ ޒިންމާއާއި މަސްޢޫލިއްޔަތު އަދާކުރުމާ ގުޅޭ މާލިއްޔަތާބެހޭ ސާރކިއުލަރ
6 މޭ 2021 - އިސްލާމިކް ކޯޕަރޭޝަން ފޮރ ދި ޑިވެލޮޕްމަންޓް އޮފް ޕްރައިވެޓް ސެކްޓަރ (އައިސީޑީ) ސްކޫކު ޕްރޮގްރާމްގެ ދަށުން ވިއްކާފައިވާ ސުކޫކާގުޅޭ މަޢުލޫމާތު
1 އޯގަސްޓު 2019 - މެދުރާސްތާގެ ފިސްކަލް ސްޓެރެޓަޖީ އަންގައިދޭ ބަޔާނާއި ދައުލަތުގެ ދަރަނީގެ ސްޓެރެޓަޖީ އަންގައިދޭ ބަޔާން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA