ކޮމިޓީގެ ނަން

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ

ތާރީޚް

18 އޯގަސްޓު 2021 13:00

ނަންބަރު

111

2021 ވަނަ އަހަރުގެ 111 ވަނަ ބައްދަލުވުން

ޚުލާސާ

ދިވެހި ފުލުހުންގެ އިސް އޮފިސަރުންތަކެއް މަޤާމުން ވަކިކުރަން ފުލުހުންގެ ބޯޑުން ނިންމެވި ނިންމެވުމާ ގުޅިގެން ކޮމިޓީއަށް ހުށަހެޅުނު 2 މައްސަލަ، އެއް މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ނިންމެވިއެވެ. އަދި މި މައްސަލައިގެ މަޢުލޫމާތު ސާފުކުރުމަށް ސިޓީ ފޮނުވުމަށް ނިންމެވިއެވެ. އަފްޣާނިސްތާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން، ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އެއްވެސް ނުރަށްކަލެއް އޮތްތޯ ބެލުމަށްޓަކައި ހަދާފައިވާ ރިސްކް އެސެސްމެންޓް ދެނެގަތުމަށް ނުވަތަ ހެދުމަށާއި، އެހީއަށް ބޭނުންޖެހިފައިވާ އަފްޣާނިސްތާނުގެ ރައްޔިތުންނަށް އިންސާނިއްޔަތުގެ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖެއަށް ކުރެވިދާންނެ ކަންކަން ދެނެގަތުމަށްޓަކައި ހުށަހަޅުއްވާފައިވާ މައްސަލައާގުޅޭ މަޢުލޫމާތު ސާފުކުރުމަށް މިނިސްޓްރީ އޮފް ޑިފެންސްއަށް ސިޓީ ފޮނުވުމަަށް ނިންމެވިއެވެ. މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤްކުރާ ކޮމިޝަނުން ތަޙްޤީޤުކޮށްފައިވާ އަޙްމަދު ރިޟުވާން ޢަބްދުﷲ ގެއްލިފައިވާ މައްސަލައިގެ ރިޕޯޓާގުޅޭ ގޮތުން މަރު ކޮމިޝަންއާއެކު ބައްދަލުވުމެއް ބޭއްވުމަށް ކޮމިޓީން ނިންމެވިއެވެ. 18 ވަނަ މަޖިލީހުގެ މައްސަލަތަކުގެ ތެރެއިން ކޮމިޓީން ބެލުމަށް ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން ނުނިމި ހުރި މައްސަލަތަކުގެ ތެރޭގައި ހިމެނޭ، "ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ޤަވާއިދު" ގެ މަސައްކަތް ގޮސްފައިވާ ހިސާބު އޮޅުން ފިލުވުމަށް ޑިފެންސް މިނިސްޓްރީއަށް ސިޓީ ފޮނުވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA