ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއާއި އިޖްތިމާޢީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ

ތާރީޚް

24 އޯގަސްޓު 2021 14:00

ނަންބަރު

1

2021 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ކޮމިޓީގެ މުޤައްރިރާއި މުޤައްރިރުގެ ނައިބު ހޮއްވެވުމުގެ މަސައްކަތެވެ. މި މަސައްކަތް ކުރިޔަށް ގެންގޮސްދެއްވީ ޑިރެކްޓަރ އައިޝަތު ޝިފާ އަދި ޑެޕިއުޓީ ޑިރެކްޓަރ އަފްޒާލް ޢަބްދުއްސައްތާރު އެވެ. ކޮމިޓީގެ މުޤައްރިރަކަށް ހުންނެވުމަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުށަހަޅުއްވައި ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް ޢަލީ ތާއީދުކުރެއްވި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސަގެ ނަންފުޅެވެ. މި ނަންފުޅަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ވަޑައިގެން ތިއްބެވި 13 މެންބަރުންގެ އިއްތިފާޤުން، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ކޮމިޓީގެ މުޤައްރިރަކަށް ހޮވިވަޑައިގަތެވެ. މުޤައްރިރުގެ ނައިބަކަށް ހުންނެވުމަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ހުށަހަޅުއްވައި ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ތާއީދުކުރެއްވި ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަންގެ ނަންފުޅެވެ. މިނަންފުޅަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ވަޑައިގެން ތިއްބެވި 13 މެންބަރުންގެ އިއްތިފާޤުން، ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން މުޤައްރިރުގެ ނައިބަކަށް ހޮވިވަޑައިގަތެވެ. މިއަށްފަހު، ކޮމިޓީގެ ވަރކިންގ ކޯރަމް އަދި ވޯޓިންގ ކޯރަމް ކަނަޑައެޅުއްވުމަށް ހުޅުވާލި ފުރުސަތުގައި ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ހުށަހަޅުއްވައި ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ތާއީދު ކުރައްވާފައިވަނީ ވަރކިންގ ކޯރަމްގެ ގޮތުގައި ކޮމިޓީގެ 1/3 (7 މެންބަރުން) އަދި ވޯޓިންގ ކޯރަމްގެ ގޮތުގައި ކޮމިޓީގެ 1/2 (9 މެންބަރުން) ހަމަޖެއްސެވުމަށެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ވަޑައިގެން ތިއްބެވި 13 މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ވަނީ ފާސްވެފައެވެ. މީގެ އިތުރުން ބިލުގެ މަސައްކަތް ކޮމިޓީން ކުރިއަށް ގެންދާނެ ގޮތާކާއި މެދު މަޝްވަރާކުރުމަށް ހުޅުވާލި ފުރުޞަތުގައި ބިލާ ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކުގެ ބޭފުޅުންނާއި ބައްދަލުކުރެއްވުމަށް ނިންމެވިއެވެ. މީގެ އިތުރުން ބިލުގެ ސުންގަނޑިއަކީ 30 ނޮވެންބަރު 2021 ކަމުގައި ކޮމިޓީގެ އިއްތިފާޤުން ފާސްވެފައިވެއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA