ކޮމިޓީގެ ނަން

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ

ތާރީޚް

23 އޯގަސްޓު 2021 13:00

ނަންބަރު

112

2021 ވަނަ އަހަރުގެ 112 ވަނަ ބައްދަލުވުން

ޚުލާސާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންފިނަމަ، ބަދުރު ހަނގުރާމައިގައި އަބޫޖަހުލަށް ހަދާލިގޮތް ހަދާލާނެކަމަށް ބުނެ މީސް މީޑިއާގައި އިންޒާރުދީފައިވާ މައްސަލައާގުޅޭ ގޮތުން ފުލުހުންގެ ޚިދުމަތުގެ ބޭފުޅުންނާ ބައްދަލުކުރުމަށް ކޮމިޓީން ނިންމެވިއެވެ. ޤާނޫނު ނަންބަރު 2020/34 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) އެކުލަވާލައި ތަޞްދީޤުކޮށްފައިވަނިކޮށް، އަދި އެ ޤާނޫނަށް ޢަމަލުކުރަން ނުފެށިފައިވަނިކޮށް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ޑރ. ޢަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ރިޓަޔާ ކުރައްވާފައިވާ މައްސަލައިގެ ރިޕޯޓު ކޮމިޓީއަށް ހާޒިރުވެ ވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރެއްވިއެވެ. 6 ސެޕްޓެންބަރު 2020 ވަނަ ދުވަހު ވައްކަން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފަރާތަކަށް ފުލުހުން އަނިޔާ ކުރިކަމަށް ބުނާ މައްސަލައާގުޅޭ ރިޕޯޓު ކޮމިޓީގެ ހުށަހެޅުންތަކާއެކު އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްކުރައްވާފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA