ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

27 ނޮވެމްބަރު 2019 09:30

ނަންބަރު

60

މާލިއްޔަތު ކޮމިޓީގެ 60 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ދީބާޖާއަށް ބަދަލު ދެއްވުމަށް ނިންމެވި މައްސަލައިގައި އެޓަރނީ ޖެނެރަލް ކޮމިޓީއަށް ޙާޒިރުކުރުމަށް ހުށަހެޅިފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން މައްސަލައާގުޅޭ ތަފްޞީލް ކޮމިޓީގެ މެންބަރުންނަށް އެރުވުމަށް ސެޓްލްމަންޓް ކޮމިޓީގެ މެންބަރުންނާއެކު ބައްދަލުވުން ހަމަޖައްސަވައި ދެއްވުމަށް އެޓަރނީ ޖެނެރަލް އެދިވަޑައިގެންފައިވާތީ، އެކަމާ ގުޅޭގޮތުން މެންބަރުން ގޮތެއް ނިންމަވައި ދެއްވުމަށް މުޤައްރިރު އެދިވަޑައިގެންނެވިއެވެ. ދީބާޖާއަށް ބަދަލު ދެއްވުމަށް ނިންމެވި މައްސަލައިގެ އެޓަރނީ ޖެނެރަލް ޙާޒިރުކުރުމަށް ކޮމިޓީއަށް ހުށަހެޅިފައިވަނީ، ކޮމިޓީގެ ބައްދަލުވުމެއްގައި އެ މަނިކުފާނު ދެއްކެވި ވާހަކައަކާ ގުޅިގެން ކަމަށްވާތީ، ހަމައެކަނި އެ މަނިކުފާނާ ބައްދަލުކުރެއްވުމަށް ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ތާޢީދުކުރައްވައި ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި އެއްވެސް މެންބަރަކު އިޢުތިރާޒުކުރައްވާފައިނުވާތީ، ހުށަހެޅުނުގޮތަށް މައްސަލަ ކުރިއަށް ގެންދެވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA