ކޮމިޓީގެ ނަން

ޢާންމު ކޮމިޓީ

ތާރީޚް

31 މާރިޗު 2021 14:30

ނަންބަރު

12

2021 ވަނަ އަހަރުގެ ޢާންމު ކޮމިޓީގެ 12 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދާއިރާތަކަށް ރަސްމީ ދަތުރުފުޅު ކުރައްވާއިރު، މަޖިލީހުގެ ހާޒިރީ އަދި ކޮމިޓީ ހާޒިރީގައި ފާހަގަ ކުރާނެ ގޮތަކާމެދު ލަފަޔަކަށްއެދި ފޮނުއްވާފައިވާ މައްސަލައިގައި ކޮމިޓީން ނިންމެވި ގޮތް އަލުން މުރާޖާޢު ކުރެއްވުމުގެ މަސައްކަތެވެ. އެއަށްފަހު ކުރިައަށް ގެންދެވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޢަމަމަލުކުރާނެ ގޮތުގެ މަޝްވަރާއަކަށްއެދި ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމެވެ. އެގޮތުން މި މައްސަލައަށް ގޮތެއް ނިންމުމުގެ ކުރިން ދިރާސާއެއް ކުރުމަށް ކޮމިޓީން ނިންމެވިއެވެ. އެހެނިހެން ކަންކަމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކަނޑައަޅާފައިވާ ވަރކިން ސްޓޭޝަންތަކުގަޔާއި ސައި މާލަމް އަދި ކޮމިޓީ ކޮޓަރިތަކުގައި ހުންނަ ޓީވީއިން މެންބަރުން މަޖިލީހުގެ ފްލޯގައި ވާހަކަ ދައްކަވަންޖެހޭ ތަރުތީބު އެގޭނެ އިންތިޒާމް ހަމަޖެއްސައި ދެއްވުންއެދި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ކޮމިޓީއަށް މައްސަލައެއް ހުށަހެޅުއްވިއެވެ. މި މައްސަލައާ ގުޅޭގޮތުން މަޖިލީހުގެ އިދާރާގެ ކަމާގުޅޭ ފަރާތްތަކާ މަޝްވަރާ ކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ. އެއަށްފަހު ކޮމިޓީގެ ބައްދަލުވުން ނިންމަވާލެއްވެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA