ކޮމިޓީގެ ނަން

ޢާންމު ކޮމިޓީ

ތާރީޚް

4 އޭޕްރީލު 2021 13:00

ނަންބަރު

13

2021 ވަނަ އަހަރުގެ ޢާންމު ކޮމިޓީގެ 13 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޢަމަމަލުކުރާނެ ގޮތުގެ މަޝްވަރާއަކަށްއެދި ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމެވެ. އެގޮތުން މި މައްސަލައާމެދު މަޝްވަރާ ކުރެއްވުމަށްފަހު އިތުރަށް މި މައްސަލަ ދިރާސާކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ. އެއަށްފަހު ކުރިއަށް ގެންދެވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކަނޑައަޅާފައިވާ ވޯކިން ސްޓޭޝަންތަކުގަޔާއި ސައި މާލަމް އަދި ކޮމިޓީ ކޮޓަރިތަކުގައި ހުންނަ ޓީވީއިން މެންބަރުން މަޖިލީހުގެ ފްލޯގައި ވާހަކަ ދައްކަވަންޖެހޭ ތަރުތީބު އެގޭނެ އިންތިޒާމް ހަމަޖެއްސައި ދެއްވުންއެދި ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޖިލީހުގެ އިދާރާގެ އިސްވެރިންނާ ބައްދަލުކުރުމެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA