ކޮމިޓީގެ ނަން

ޢާންމު ކޮމިޓީ

ތާރީޚް

25 އޭޕްރީލު 2021 12:30

ނަންބަރު

14

2021 ވަނަ އަހަރުގެ ޢާންމު ކޮމިޓީގެ 14 ވަނަ ބައްދަލުވުން.

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގައި ހުރި މަސައްކަތްތަކާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވެވިއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީތައް ބެހިގެންވަނީ ދިރާސީ އަހަރުގެ ޗުއްޓީތަކާ ދިމާކޮށް ކަމަށާއި މިހާރު ދިރާސީ އަހަރުގެ ޗުއްޓީތައް ބަދަލުވެފައިވާތީ، މަޖިލީހުގެ ޗުއްޓީ ވެސް ދިރާސީ އަހަރުގެ ޗުއްޓީއާ އެއްގޮތްކޮށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގެ (2) އަދި (3) ވަނަ ނަންބަރު އިޞްލާހުކޮށްދެއްވުމަށްއެދި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު މުމްތާޒް ހުށަހެޅުއްވެވިއެވެ. މި ހުށަހެޅުއްވުން ކޮމިޓީގައި އެވަގުތު ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުއްވުން ފާސްވެގެން ދިޔައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA