ކޮމިޓީގެ ނަން

ޢާންމު ކޮމިޓީ

ތާރީޚް

27 އޭޕްރީލު 2021 12:59

ނަންބަރު

16

2021 ވަނަ އަހަރުގެ ޢާންމު ކޮމިޓީގެ 16 ވަނަ ބައްދަލުވުން.

ޚުލާސާ

މި ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ރައްޔިތުންގެ މަޖިލީހުގެ 13 ބުރީގެ ޢިމާރާތުގައި ރެސްޓޯރަންޓް/ކެފޭއެއް ހިންގުމަށް ބީލަން ހުށަހަޅުއްވާފައިވާ ފަރާތުގެ ބީލަން ދިރާސާކޮށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ރެކްރިއޭޝަން ކްލަބްއިން ނިންމަވާފައިވާ ގޮތާމެދު ކޮމިޓީގެ ލަފައެއް ހޯއްދެވުމަށްއެދި ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމެވެ. އެގޮތުން، މި މައްސަލައާމެދު ކޮމިޓީގެ މެންބަރުން މަޝްވަރާކުރެއްވުމަށްފަހު ނިންމެވީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ރެކްރިއޭޝަން ކްލަބްއިން ނިންމަވާފައިވާ ގޮތުގައި މައްސަލައެއް ނެތްކަމުގައެވެ. އެއަށްފަހު، 2021 ވަނަ އަހަރަށް ފާސްކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބަޖެޓުގައި ހިމެނޭ ހުސް މަޤާމުތަކުގެ ތެރެއިން ބައެއް މަޤާމްތައް މި ވަގުތަށް ރައްޔިތުންގެ މަޖިލީހަށް ބޭނުންނުވާތީ، އެ މަޤާމުތަކުގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް މި ވަގުތަށް ބޭނުންވާ 3 މަޤާމެއް އުފުއްދުމަށް ހުއްދައަށްއެދި ފޮނުއްވާފައިވާ ސިޓީ ދިރާސާކުރެއްވެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA