ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ ސަބް ކޮމިޓީ (އައި.ޓީ.ސީ ދާއިރާގައި ރާއްޖެ އޮތް ޙާލަތު ދެނެގަނެ އެސަސްމެންޓެއް ހެދުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރުމަށް ހޮއްވެވި ސަބް ކޮމިޓީ)

ތާރީޚް

17 އޯގަސްޓު 2021 12:00

ނަންބަރު

15

ސަބް-ކޮމިޓީގެ 15 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެންމެ ފުރަތަމަ، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އިން ދޫކުރާ ޚިދުމަތްތަކަށް ނެގޭ ފީގެ މިންވަރާއި ފީ ނެގޭނެ އުސޫލު، އެ އޮތޯރިޓީގެ ގަވާއިދު ނަންބަރު 2021/R035 (ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ހިންގާ ގަވާއިދު) ގައި ހިމަނާފައިނުވާ ސަބަބާއި، ޤާނޫނު ނަންބަރު 2015/42 (ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނު) ގެ 33 ވަނަ މާއްދާގައިވާ ފަދައިން ފީ ނެގޭނެ މިންވަރާއި އުސޫލު އެ ގަވާއިދުގައި ހިމަނުއްވައި އެ ގަވާއިދު އިޞްލާޙުކުރެއްވުމަށް ހޭދަވާނެކަމަށް ލަފާކުރެއްވޭ މުއްދަތު ސާފުކުރެއްވުމަށް އެ އޮތޯރިޓީއަށް ފޮނުއްވި ސިޓީގެ ޖަވާބު ލިބިފައިވާތީ އެއާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އެގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުލްޙަކީމް ހުށަހެޅުއްވީ ކޮމިއުނިކޭޝަން އޮތޯރިޓީން ގަވާއިދުތައް އިޞްލާޙުކުރެއްވުމަށްފަހު، 26 އޮގަސްޓު 2021 ވާ ބުރާސްފަތި ދުވަހު އެ އޮތޯރިޓީ އާ އެކު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި އިތުރަށް އެކަން ސާފުކުރެއްވުމަށެވެ. މި ހުށަހެޅުއްވުމަށް ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ތާއީދުކުރައްވައި ކޮމިޓީގެ މެންބަރުންގެ އިއްތިފާޤުން ފާސްކުރެވުނެވެ. އަދި އެ ބައްދަލުވުމުގައި، އިންފޮމޭޝަން ޓެކްނޮލޮޖީ، ސައިންސް އެންޑް ކޮމިއުނިކޭޝަންގެ ދާއިރާގައި ދިވެހިރާއްޖެ އޮތް ޙާލަތު ދެނެގަނެ، އެސެސްމެންޓެއް ހެދުމަށް އެދިވަޑައިގެން ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރައްވައި ނިންމަވާފައިވާގޮތުގެ ރިޕޯޓުގައި، އެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި ކަމާގުޅޭ އިދާރާތަކާ ގުޅިގެން އިމްޕްލިމެންޓޭޝަން ޕްލޭނެއް ހެއްދެވުމަށް ހުށަހެޅުއްވުމަށް ނިންމަވާ އެ ޕްލޭން ހެއްދެވުމަށް ހޭދަވާނެކަމަށް ލަފާކުރެއްވޭ މުއްދަތަކާމެދު މަޝްވަރާކުރައްވައި ޚިޔާލު ހޯއްދެވުމަށްވެސް ނިންމެވިއެވެ. އަދި އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ކަމާބެހޭ ފަރާތްތަކާވެސް ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA