ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

27 ނޮވެމްބަރު 2019 11:00

ނަންބަރު

61

މާލިއްޔަތު ކޮމިޓީގެ 61 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ދީބާޖާއަށް ބަދަލު ދެއްވުމަށް ނިންމެވި މައްސަލައިގައި އެޓަރނީ ޖެނެރަލްއާ ބައްދަލުކުރެއްވިއެވެ. އެގޮތުން މައްސަލަ ސުޕްރީމް ކޯޓުގައި ރިވިއު ނުކުރެއްވި ސަބަބާ ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވިދާޅުވީ މި މައްސަލައިގައި ހުރި ގާނޫނީ ނުކުތާތަކަށް ބަލާ އިރު މި މައްސަލަ ރިވިއު ކޮށްގެން ވެސް ދައުލަތަށް ދައްކަންޖެހޭ ފައިސާގެ އަދަދު ކުޑަކުރެވިދާނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. މީގެ އިތުރުން، ދީބާޖާއަށް މިހާރު ދިނުމަށް ނިންމާފައިވާ 174 މިލިއަން ރުފިޔާއަކީ އެންމެ އަދުލުވެރި ބަދަލު ކަމަށް ގަބޫލު ކުރައްވާތޯ ވެސް މެމްބަރުން ބަންޑާރަނައިބުގެ އަރިހުން އެއްސެވި އެވެ. ރިފްއަތު ވިދާޅުވީ 348 މިލިއަން ރުފިޔާ ދެއްކުމުގެ ބަދަލުގައި 174 މިލިއަން ދެއްކުން މާ ރަނގަޅު ކަމަށެވެ. މެންބަރުން ވަނީ މި މައްސަލަ ސުޕްރީމް ކޯޓުގައި ރިވިއު ކުރަން ހުށައަޅުއްވާނެ ކަމަށް ބަންޑާރަނައިބު ވިދާޅުވި ވާހަކަތައް ހަނދާންކޮށްދެއްވައިފަ އެވެ. އެކަމަކު އޭރު އެކަން ހުށަނޭޅުއްވީ ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރުންގެ ފަރާތުން އަދުލުވެރި، އިންސާފުވެރި ހުކުމެއް ނުލިބިދާނެތީ ކަމަށް ވިދާޅުވެފައި، އެ ފަނޑިޔާރުން ވަކިކޮށް، އާ ފަނޑިޔާރުންނާ އެކު ސުޕްރީމް ކޯޓު ހިންގާ އިރު ދީބާޖާގެ މައްސަލަ ރިވިއުކުރަން އޭނާ ނުފޮނުއްވީ ކީއްވެގެންތޯ ސުވާލު ކުރައްވާފަ އެވެ. އެޓަރނީ ޖެނެރަލް ވިދާޅުވީ، ސެޓްލްމެންޓް ކޮމިޓީން ގޮތެއް ނިންމައި، ލަފާ އެރުވީ މިދިޔަ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ކަމަށާއި އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލުވެފައި ނުވާ ކަމަށެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA