ކޮމިޓީގެ ނަން

ގަވާއިދު ކޮމިޓީ

ތާރީޚް

22 ޖޫން 2021 14:00

ނަންބަރު

11

2021 ވަނަ އަހަރުގެ 11 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އުމުރުން 18 އަހަރު ފުރުމުގެ ކުރިން އެއްގަމު ދަތުރުފަތުރުގެ ޤާނޫނާ ޙިލާފުވެފައިވާ ފަރާތްތަކާއި އެކިއެކި ސަބަބުތަކާ ގުޅިގެން ލައިސަންސް ނުނަގައި އެއްގަމު އުޅަނދު ދުއްވުމުގެ ސަބަބުން ޖޫރިމަނާ ވެފައިވާ ފަރާތްތަކަށް ލުއި ހޯދައިދިނުމަށް އެދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އިން ފޮނުއްވާފައިވާ "މުޖުތަމަޢަށް ފައިދާކުރަނިވި ކަމެއް ނުވަތަ މަސައްކަތެއް ނުވަތަ ޚިދުމަތެއް ކުރުމަށް ކޯޓުން ނެރޭ އަމުރު ތަންފީޛުކުރުމާގުޅޭ ގަވާއިދު" އަށް ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ލިބިފައިވާ ކޮމެންޓްތައް އެ މިނިސްޓްރީއާ ޙިއްޞާކުރެއްވުމަށާއި އަދި މި މައްސަލައާ ގުޅޭގޮތުން ބައްދަލުކުރެވުނު ފަރާތްތަކާއި އަދި ކޮމިޓީގެ މެންބަރުން ފާހަގަކުރައްވާފައިވާ ކަންތައްތައް ހިމަނައި ރިޕޯޓް އެކުލަވާލެއްވުމަށް ވެސް ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްޠިފާޤުން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA