ކޮމިޓީގެ ނަން

ގަވާއިދު ކޮމިޓީ

ތާރީޚް

8 ޖުލައި 2021 12:00

ނަންބަރު

12

2021 ވަނަ އަހަރުގެ 12 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އުމުރުން 18 އަހަރު ފުރުމުގެ ކުރިން އެއްގަމު ދަތުރުފަތުރުގެ ޤާނޫނާ ޙިލާފުވެފައިވާ ފަރާތްތަކާއި އެކިއެކި ސަބަބުތަކާ ގުޅިގެން ލައިސަންސް ނުނަގައި އެއްގަމު އުޅަނދު ދުއްވުމުގެ ސަބަބުން ޖޫރިމަނާ ވެފައިވާ ފަރާތްތަކަށް ލުއި ހޯދައިދިނުމަށް އެދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް ހުށަހަޅުއްވާފައިވާ މައްސަލައިގެ ރިޕޯޓް ފާސްކުރެއްވިއެވެ. އެއަށްފަހު ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 152 ވަނަ މާއްދާގެ ދަށުން ބާރުލިބިގެން ، ގއ. ދާންދޫއިން ލިބިފައިވާ ގޯތި، އެ ގޯތި ލިބުނު ފަރާތުގެ އަނބި ނުވަތަ ފިރިމީހާއަށް ގޯތި ބަދަލުކުރުމާއި ގޯތި އެއްމެދުކުރުމާ ބެހޭގޮތުން ހެދިފައިވާ ގަވާއިދަށް ޤާނޫނީ ލަފާ ހޯދުމަށް އެދި ހުވަދުއަތޮޅު ދެކުނުބުރީ ކައުންސިލްގެ އިދާރާއިން ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ސަރުކާރުގެ އެންމެހައި އިދާރާތަކަށް ޤާނޫނީ ލަފާ ދެއްވާ ފަރާތަކީ ދައުލަތުގެ ބަންޑާރަނައިބުކަމަށްވާތީ، އެ ގަވާއިދަށް ޤާނޫނީ ލަފާ ހޯދުމަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުއްވުމަށާއި، އެކަން މައްސަލަ ހުށަހެޅުއްވި ފަރާތަށް އެންގެވުމަށް ނިންމެވިއެވެ. އެއަށްފަހު ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނާ ގުޅިގެން މިއަދާ ހަމައަށް މިކަމާ ގުޅުންހުރި ގަވާއިދުތައް ލޭބަރ ރިލޭޝަންސް އޮތޯރިޓީއިން ތައްޔާރުކުރައްވާފައިނުވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީން ފޮނުވާފައިވާ މައްސަލައިގައި ބަޔާންކުރާ ގަވާއިދު މިހާރު ގެޒެޓްކުރައްވާފައިވާތީ، އެ މައްސަލަ ކޮމިޓީގެ އެޖެންޑާއިން ނެގުމަށް ނިންމެވިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA