ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

17 އޯގަސްޓު 2021 12:30

ނަންބަރު

45

އިޤްތިޞާދީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 45 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، ރާއްޖޭގެ ފްރައިޓް ފޯރވާޑިންގ ވިޔަފާރިތަކެއްގައި ހިނގަމުން އަންނަ ބައެއް ކަންކަމާގުޅޭ ޝަކުވާ ހުށަހަޅުއްވާފައިވާތީ އެކަންކަން ބައްލަވައިދެއްވުން އެދި މަޖިލީހުގެ ރައީސް ފޮނުއްވާފައިވާ މައްސަލައެވެ. މި މައްސަލައާއި ގުޅިގެން މަޝްވަރާކުރުމަށްފަހު، މި މައްސަލައާއި ގުޅިގެން ފާހަގަކުރެވޭ މައްސަލަތައް ޙައްލުކުރުމަށް ރިކަމެންޑޭޝަން ހިމެނުމަށްފަހު، މަޖިލީހުގެ ތަޅުމަށް ރިޕޯޓު ފޮނުވުމަށް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ. އެއަށްފަހު، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ-2110) އިން ދިވެހިރާއްޖޭގެ މެރިޓައިމް އިންޑަސްޓްރީއަށް ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން އެ އެސޯސިއޭޝަނާއެކު ބޭއްވުނު ބައްދަލުވުމުގައި ހިއްސާކުރެއްވި މަޢުލޫމާތާމެދު މަޝްވަރާކުރެއްވުމަށްފަހު، ރިކަމެންޑޭޝަން ހިމެނުމަށްފަހު، މަޖިލީހުގެ ތަޅުމަށް ރިޕޯޓު ފޮނުވުމަށް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA