ލާމަރުކަޒީ ކޮމިޓީ

2021 ވަނަ އަހަރުގެ 8 ވަނަ ބައްދަލުވުން

24 އޯގަސްޓު 2021 11:05 ނަންބަރު 8

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑު މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ނަންފުޅު ފޮނުއްވާފައިވާ އަންނަނިވި ފަރާތްތަކާ އިންޓަރވިއުކުރެއްވިއެވެ. 1. އަޒްހާ ޟަމީރު ( މ.ލިލީޒް / ކ.މާލެ – A094784 ) 2. އާމިނަތު ޢަލީ ( ދަފްތަރު- 2864 - A035043 ) 3. ފާޠިމަތު ނިޢުމާ ( ގ. ހިމާލިޔާގެ / ކ.މާލެ - A035147 ) 4. ފާޠިމަތު ޒީނާ ޢަލީ ( ހ.ރައިޒިންގ ސަން / ކ.މާލެ - A051275 ) 5. ޢާއިޝަތު ޝީޒާ ( ޝާޒީވިން / ބ.ކެންދޫ - A108812 ) އިސްވެދެންނެވި ފަރާތްތަކުގެ ތެރެއިން، އާމިނަތު ޢަލީ )ދަފްތަރު-2864 (A108812 އިންޓަރވިއުއަށް ޙާޟިރުވެފައިނުވާތީ، ދެން ތިއްބެވި ފަރާތްތަކާ އިންޓަރވިއު ކުރެއްވުމަށްފަހު އަޒްހާ ޟަމީރު އަދި ފާޠިމަތު ނިޢުމާ ޢައްޔަންކުރެއްވުމަށް ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރެއްވިއެވެ. އަދި ފާޠިމަތު ޒީނާ ޢަލީ އާއި ޢާއިޝަތު ޝީޒާގެ ތެރެއިން ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 5 މެންބަރުންގެ ވޯޓާއެކު ފާޠިމަތު ޒީނާ ޢަލީގެ ނަން ފާސްކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

1 ސެޕްޓެމްބަރު 2021

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ މެންބަރުކަމަށް 3 ބޭފުޅަކު ޢައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތަކާގުޅޭ ކޮމިޓީ ރިޕޯޓު

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA