ކޮމިޓީގެ ނަން

ލާމަރުކަޒީ ކޮމިޓީ

ތާރީޚް

25 އޯގަސްޓު 2021 13:05

ނަންބަރު

9

2021 ވަނަ އަހަރުގެ 9 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ކޮމިޓީއަށް ފޮނުއްވާފައިވާ ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި ޤާނޫނު ނަންބަރު 98/20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ސުންގަޑި ކަނޑައެޅުއްވިއެވެ. އެގޮތުން، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު މި ދެ ބިލުގެ ވެސް ސުންގަޑި ކަމަށް 30 ސެޕްޓެންބަރު 2021 ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙް ތާއީދުކުރައްވައި ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ. އެއަށްފަހު، އެ ބިލުތަކާ ގުޅޭގޮތުން އާންމުންގެ ޚިޔާލަށް ހުށަހެޅުއްވުމަށާއި، ހުރިހާ ރަށު ކައުންސިލުތަކުގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް އަތޮޅު ކައުންސިލުތަކަށް ސިޓި ފޮނުއްވުމަށާއި ސިޓީ ކައުންސިލްތަކުގެ ޚިޔާލާއި މަޝްވަރާ ލޯކަލް ގަވަރމަންޓް މެދުވެރިކޮށް ލިޔުމުން ހޯއްދެވުމަށް ނިންމެވިއެވެ. އެއަށްފަހު، ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާ ގުޅޭގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއާއި، އެންވަޔަރަންމެންޓަލް ޕޮރޮޓެކްޝަން އޭޖެންސީ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ނިންމެވިއެވެ. އަދި ޤާނޫނު ނަންބަރު 98/20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA