ކޮމިޓީގެ ނަން

ލާމަރުކަޒީ ކޮމިޓީ

ތާރީޚް

30 އޯގަސްޓު 2021 11:15

ނަންބަރު

10

2021 ވަނަ އަހަރުގެ 10 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑު މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ނަންފުޅު ފޮނުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ފާޠިމަތު ޒީނާ ޢަލީ އާއި ޢާއިޝަތު ޝީޒާގެ ތެރެއިން އެ މަޤާމަށް އައްޔަންކުރެއްވުމަށްޓަކައި ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ (7 މެންބަރުން) އިއްތިފާޤުން ފާޠިމަތު ޒީނާ ޢަލީގެ ނަން ފާސްކުރެއްވިއެވެ. އެއަށްފަހު، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑު މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު، ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA