ލާމަރުކަޒީ ކޮމިޓީ

2021 ވަނަ އަހަރުގެ 11 ވަނަ ބައްދަލުވުން

7 ސެޕްޓެމްބަރު 2021 10:15 ނަންބަރު 11

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ކޮމިޓީއަށް ފޮނުއްވާފައިވާ ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ސުންގަޑި ކަނޑައެޅުއްވިއެވެ. އެގޮތުން، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙް ބިލުގެ ސުންގަޑީގެ ގޮތުގައި 30 އޮކްޓޫބަރު 2021 ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ތާއީދުކުރައްވައި ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ. އެއަށްފަހު، އެ ބިލާ ގުޅޭގޮތުން އާންމުންގެ ޚިޔާލަށް ހުށަހެޅުއްވުމަށާއި، ހުރިހާ ރަށު ކައުންސިލުތަކުގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް އަތޮޅު ކައުންސިލުތަކަށް ސިޓި ފޮނުއްވުމަށާއި ސިޓީ ކައުންސިލްތަކުގެ ޚިޔާލާއި މަޝްވަރާ ލޯކަލް ގަވަރމަންޓް މެދުވެރިކޮށް ލިޔުމުން ހޯއްދެވުމަށް ނިންމެވިއެވެ. އެއަށްފަހު، ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު އަދި ޤާނޫނު ނަންބަރު 98/20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލާ ގުޅޭގޮތުން 13 ސެޕްޓެންބަރު 2021 ވާ ހޯމަދުވަހުގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއާއި، އެންވަޔަރަންމެންޓަލް ޕޮރޮޓެކްޝަން އޭޖެންސީއާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަދި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

6 ސެޕްޓެމްބަރު 2021

ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލު

ކުރިޔަށް ދަނީ

24 އޯގަސްޓު 2021

ޤާނޫނު ނަންބަރު 98/20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލު

ކުރިޔަށް ދަނީ

23 އޯގަސްޓު 2021

ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA