ކޮމިޓީގެ ނަން

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ

ތާރީޚް

3 މާރިޗު 2021 14:15

ނަންބަރު

7

2021 ވަނަ އަހަރުގެ 7 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށްގޮސްފައިވަނީ، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި އެ މަސައްކަތްތައް ކުރުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެ ކޮމިޝަނުގެ މެންބަރުންނާ ބައްދަލުކުރުމެވެ. އަދި އެ ކޮމިޝަންއާ ގުޅޭގޮތުން އެ ކޮމިޝަނުގެ މުވައްޒަފުން ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން އެ ކޮމިޝަނުގެ މެންބަރުންނާ ސުވާލުކޮށްފައިވެއެވެ. ދެވަނަ ކަމަކަށް ކުރިއަށްގޮސްފައިވަނީ، މެދުރާއްޖެތެރޭގެ ރަށެއްގައި ކުޑަ އަންހެންކުއްޖަކު ގްރޫޕްއަކުން ރޭޕްރިކަމަށް ބުނާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. އެގޮތުން އެ މައްސަލައާ ގުޅޭގޮތުން ކަމާ ގުޅޭ އިދާރާތަކާއި ބައްދަލުކުރުމަށް ކޮމިޓީން ނިންމާފައިވެއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA