ކޮމިޓީގެ ނަން

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ތާރީޚް

24 ފެބްރުއަރީ 2021 11:00

ނަންބަރު

2

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 2021 ވަނަ އަހަރުގެ 2 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ދެވަނަ ޖުމްހޫރިއްޔާގެ 7 ވަނަ ވެރިކަމުގައި ވެރިކަން ހިންގުމަށް ޢަމަލުކުރައްވަމުން ގެންދަވަނީ ޤާނޫނުއަސާސީއިން ބާރުލިބިފައިނުވާ ކޯލިޝަނެއް އުފައްދައިގެންކަމަށާއި، އަދި ވަޒީރުންގެ މަޖިލީހުގެ ވުޒާރާތައް އެކިއެކި ޕާޓީތަކަށް ވަކި އިންސައްތައެއް ކަނޑައަޅުއްވައިގެން ސްލޮޓްތަކެއް ބަހާލާފައިވާ ނިޒާމެއްގެ ދަށުންކަމަށްވާތީ، މި ކޯލިޝަނަށް ބާރުލިބިދެނިވި އެގްރީމެންޓެއް ހެދިފައިވޭތޯ ސާފުކުރެއްވުމަށް އެދި ކޮމިޓީގެ ނައިބު މުޤައްރިރު އަދި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން އެކަމާ ގުޅުންހުރި މަޢުލޫމާތު ސާފުކުރެއްވުމަށް އެޓަރނީ ޖެނެރަލްއާ ބައްދަލުކުރެއްވުމެވެ. އެ ގޮތުން އެޓަރނީ ޖެނެރަލް އަލްއުސްތާޛް އިބްރާހީމް ރިފްޢަތް އާއި ބައްދަލުކޮށް ކޮމިޓީގެ ފަރާތުން ސާފުކުރެއްވުމަށް ބޭނުންވާ މަޢުލޫމާތުތައް ސާފުކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
12 އޯގަސްޓު 2020 - ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ފޮނުއްވާފައިވާ ސިޓީ
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA