ކޮމިޓީގެ ނަން

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ތާރީޚް

11 ޖޫން 2021 15:00

ނަންބަރު

4

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 2021 ވަނަ އަހަރުގެ 4 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ؛ 1. މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަގެ މަޤާމަށް އައްޔަންކުރައްވާފައިވާ ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން، ހުޅުމާލެ، 10095 އަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރުން؛ އެގޮތުން މިމައްސަލައާއި ގުޅިގެން މިނިސްޓްރީ އޮފް އިކޮނޮމިކް އިން ކޮމިޓީން ސާފުކުރެއްވި މައުލޫމާތަށް ރިޢާއަތްކޮށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ދިނުމަށް ކޮމިޓީއަށް ފެންނަކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 8 މެންބަރުންގެ އިއްތިފާޤުން ފާސްކުރައްވައި މަޖިލީހަށް ރިޕޯޓު ފޮނުވުމަށް ނިންމެވިއެވެ. 2. އަމިއްލަ ފަރާތްތަކުން ކޮމިޓީއަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުން. އެގޮތުން؛ 1. ސީނު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަނޑުވެރިކަން ކުރުމަށް ވަރުވާއަށް ނަގާފައިވާ ށ.މެދުކުނބުރުދޫ ގެ ރަށު ކުއްޔަށް ހައްލެއް ގެނައުމަށް ފިޝަރީސް މިނިސްޓްރީ އަދި ރައީސް އޮފީހަށް ފޮނުވާފައިވާ ސިޓީތަކުގެ ޖަވާބު ނުލިބި ލަސްވާ މައްސަލަ ހިއްސާކޮށް ފޮނުއްވާފައިވާ ސިޓީ؛ ކޮމިޓީން ސާފުކޮށްފައިވާ މައުލޫމާތަށް ބަލައި މައްސަލަ ހުށަހެޅުއްވި ފަރާތައް ޖަވާބު އެރުވުމަށް ނިންމެވިއެވެ. 2. ރާއްޖޭގައި ހިންގަމުންދާ ބައެއް ޕްރޮޖެކްޓްތަކުގެ މަސައްކަތުގައި ހަރަކާތްތެރިވާ ސްރީލަންކާގެ ފަރާތަކީ އެ މަސައްކަތަށް އެންމެ އެކަށީގެންވާ ފަރާތް ނޫން ކަމަށާއި، އަދި އެ ފަރާތުން އެ މަސައްކަތްތައް ހޯއްދާފައިވާ ގޮތާމެދު ކޮރަޕްޝަންގެ ތުހުމަތުކޮށް އަމިއްލަ ފަރާތަކުން ހުށަހަޅުއްވާފައިވާ ސިޓީ؛ މި މައްސަލައަކީ ކޮރަޕްޝަންގެ މައްސަލަތަކެއް ހިމެނޭ މައްސަލައެއްކަމުން، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ ހުށަހަޅުއްވައިގެން ކުރިއަށް ގެންދެވުމަށް ދެންނެވުމަށް ނިންމެވިއެވެ. 3. ވެށިފަހި ޕްރޮގްރާމެގެ ދަށުން ފްލެޓް ދޫކޮށްފައިވާ ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވައި، އެފަރާތުގެ ޙައްޤު ހިމާޔަތްކުރައްވައި ބޯހިޔާވަހިކަން ލިބޭނެގޮތް ހައްދަވައިދެއްވުމުގައި އެހީތެރިކަން ދެއްވުން އެދި ފޮނުއްވާފައިވާ ސިޓީ؛ ކޮމިޓީން ސާފުކޮށްފައިވާ މައުލޫމާތަށް ބަލައި މައްސަލަ ހުށަހެޅުއްވި ފަރާތައް ޖަވާބު އެރުވުމަށް ނިންމެވިއެވެ. 4. ސަރުކާރު ހިންގުމުގައި ހުރި ހިތްހަމަނުޖެހޭ ކަންތައްތައް ހިއްސާކޮށް ފޮނުއްވާފައިވާ ސިޓީ؛ ހުށަހުއްވާފައިވަނީ ޚިޔާލުފުޅުތަކެއްކަމުން ސާފުކުރުމަށް ނުވަތަ ޙައްލުކުރުމަށް ބޭނުންވާ މައްސަލައެއް ފާހަގަކުރައްވައި އެ މައްސަލައެއް ރައްދުވާ ސަރުކާރުގެ ވަކިވަކި ވުޒާރާތައް ބަޔާންކޮށް ހުށަހެޅުމުން އެ މައްސަލައެއް ދިރާސާކުރައްވާނެކަމުގައި ދެންނެވުމަށް ނިންމެވިއެވެ. އެހެނިހެން ގެ ދަށުން؛ ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މަސައްކަތުގެ ދާއިރެ ތެރޭގައި ހިމެނޭ އެންމެހައި މަސައްކަތްތައް ތަރުތީބު ކުރެވިފައިވާގޮތާއި އަދި މަސްޢޫލިއްޔަތު އަދާކުރުމާ ގުޅޭ ގޮތުން އެ އޮތޯރިޓީގެ ބޭފުޅުންނާއި ބައްދަލުކުރުމަށް މަނަދޫ ދާއިރާގެ މެންބަރު ހުށަހަޅުއްވައި މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ތާއީދު ކުރައްވައި ހުށަހަޅުއްވާފައިވާތީ، ދެން އޮންނަ ބައްދަލުވުމަކަށް އެ ބޭފުޅުންނަށް ދެންނެވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA