ކޮމިޓީއަށް ހޯދުނު މަޢުލޫމާތުތަކާއި، ބިލާއި ގުޅިގެން މަޖިލީހުގެ މެންބަރުން ފާޅުކުރެއްވި ޚިޔާލުފުޅުތަކާއި، އަދި މިނިސްޓްރީ އޮފް ޑިފެންސްއާއި މިނިސްޓްރީ އޮފް ފިނޭންސްއިން ފޮނުއްވާފައިވާ މަޢުލޫމާތުގެ މައްޗަށް ރިޢާޔަތްކޮށް ދެ ބިލު ދިރާސާކުރުމުގެ މަސައްކަތް ސަބް ކޮމިޓީގައި ކުރިއަށްގެންދިޔައެވެ. މިގޮތުން، ބިލުގެ މާއްދާއަކުން މާއްދާއަކުން ބަލަމުން ބިލުގެ މަސައްކަތް ކުރިއަށްގެންދެވިއެވެ. އެއަށްފަހު، ދެ ބިލަށް ގެނެވުނު އިޞްލާޙުތަކާއެކު ސަބް ކޮމިޓީން ބިލު އޮންނަންވީ ގޮތަށް 13 ޖޫން 2021 ގައި ބޭއްވުނު ސަބް ކޮމިޓީގެ 2 ވަނަ ބައްދަލުވުމުގައި ކޮމިޓީގެ އިއްތިފާގުން ފާސްކުރުމަށްފަހު މައި ކޮމިޓީއަށް ސަބް ކޮމިޓީގެ ދެ ރިޕޯޓް ފޮނުވުމަށް ކޮމިޓީގެ އިއްތިފާގުން ނިންމެވިއެވެ.
© 2023 ރައްޔިތުންގެ މަޖިލިސްގެ އިދާރާA