ކޮމިޓީގެ ނަން

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުން އިސްތިސްނާކުރުމަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރުމާގުޅޭ މައްސަލަ ދިރާސާކުރުމަށް ހޮއްވެވި ކޮމިޓީ

ތާރީޚް

21 އޭޕްރީލު 2021 12:15

ނަންބަރު

1

ކޮމިޓީގެ 01 ވަނަ ބައްދަލުވުން

ޚުލާސާ

1. މިބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ކޮމިޓީގެ މުޤައްރިރާއި މުޤައްރިރުގެ ނައިބު ހޮއްވެވުމުގެ މަސައްކަތެވެ. ކޮމިޓީގެ މުޤައްރިރަކަށް ހުންނެވުމަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމްގެ ނަންފުޅު، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ހުށަހަޅުއްވިއެވެ. މި ހުށަހަޅުއްވުމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް ތާއީދުކުރެއްވިއެވެ. އަދި މި ނަންފުޅަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ކޮމިޓީގެ މުޤައްރިރަކަށް ހޮވިވަޑައިގަތެވެ. 2. އެއަށްފަހު، މުޤައްރިރުގެ ނައިބަކަށް ހުންނެވުމަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ ނަންފުޅު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް ހުށަހަޅުއްވިއެވެ. މި ހުށަހަޅުއްވުމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ތާއީދުކުރެއްވިއެވެ. އަދި މި ނަންފުޅަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ކޮމިޓީގެ މުޤައްރިރުގެ ނައިބަކަށް ހޮވިވަޑައިގަތެވެ. 3. އެއަށްފަހު، ކޮމިޓީގެ މަސައްކަތް ނިންމުމުގެ ސުންގަޑިއަކީ 21 އެޕްރީލް 2021 ވަނަ ދުވަހުގެ ރޭގެ 12:00 ނިޔަލަށްކަމަށް ކަނޑައެޅުއްވުމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް ތަޢީދުކުރެއްވައި، ކޮމިޓީގައި ޙާޒިރުވެވަޑައިގެން ތިއްބެވި އެއްވެސް މެންބަރަކު އިޢުތިރާޒުކުރައްވާފައިނުވާތީ، ހުށަހެޅުނު ސުންގަޑިއަށް މަސައްކަތް ނިންމެވުމަށް ނިންމެވިއެވެ. 4. މީގެ އިތުރުން، މައްސަލައާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީ އޮފް ފިނޭންސް، އޮޑިޓަރ ޖެނެރަލްގެ އޮފީސް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޭފުޅުންނާ ބައްދަލުކުރުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA