ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ އަދި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ

ތާރީޚް

15 ސެޕްޓެމްބަރު 2021 12:45

ނަންބަރު

1

ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރާ ލާމަރުކަޒީ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ 01 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ކޮމިޓީގެ މުޤައްރިރާއި މުޤައްރިރުގެ ނައިބު ހޮއްވެވުމުގެ މަސައްކަތެވެ. ކޮމިޓީގެ މުޤައްރިރަކަށް ހުންނެވުމަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި، ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒްގެ ނަންފުޅު، މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން ހުށަހަޅުއްވިއެވެ. މި ހުށަހަޅުއްވުމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ތާއީދުކުރެއްވިއެވެ. އަދި މި ނަންފުޅަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ކޮމިޓީގެ މުޤައްރިރަކަށް ހޮވިވަޑައިގަތެވެ. އެއަށްފަހު، މުޤައްރިރުގެ ނައިބަކަށް ހުންނެވުމަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި، ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒުގެ ނަންފުޅު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ހުށަހަޅުއްވިއެވެ. މި ހުށަހަޅުއްވުމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ތާއީދުކުރެއްވިއެވެ. އަދި މި ނަންފުޅަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު ކޮމިޓީގެ މުޤައްރިރުގެ ނައިބަކަށް ހޮވިވަޑައިގަތެވެ. މީގެއިތުރުން، ކޮމިޓީގެ ހިންގާ ގަވާއިދު އެޑަޕްޓް ކުރުމަށް ނިންމަވައި، ބިލުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް 7 މެންބަރުންގެ ސަބް-ކޮމިޓީއެއް އެކުލަވާލެއްވުމަށް ނިންމެވިއެވެ. ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން: 1. ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް 2. ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ 3. އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު 4. ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު 5. ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ 6. ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު 7. ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް އެއަށްފަހު، ކޮމިޓީގެ މަސައްކަތް ނިންމުމުގެ ސުންގަޑިއެއްގެ ގޮތުގައި 20 އޮކްޓޫބަރު 2021 ކަނޑައެޅުއްވުމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު ތަޢީދުކުރެއްވައި، ކޮމިޓީގައި ޙާޒިރުވެވަޑައިގެން ތިއްބެވި އެއްވެސް މެންބަރަކު އިޢުތިރާޒުކުރައްވާފައިނުވާތީ، ބިލުގެ މަސައްކަތް 20 އޮކްޓޫބަރު 2021 ގެ ނިޔަލަށް ނިންމެވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA