ކޮމިޓީގެ ނަން

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ތާރީޚް

20 ސެޕްޓެމްބަރު 2021 11:00

ނަންބަރު

31

2021 ވަނަ އަހަރުގެ 31 ވަނަ ބައްދަލުވުން

ޚުލާސާ

ރައްޔިތުންގެ މަޖިލީހާއި އިންޑިޔާގެ ލޮކް ސަބާއާ ދެމެދު ސޮއިކޮށްފައިވާ "މެމޯރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ޕާލިމެންޓަރީ ކޯޕަރޭޝަން" ގެ ދަށުން ދެ ޤައުމުގެ ދެމެދުގައި ބައިލެޓްރަލް ޕާލަމަންޓްރީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މެންބަރުންގެ ޓީމެއް އިންޑިއާއަށް ދަތުރުފުޅެއް ކުރެއްވުމަށް ދަޢުވަތު އަރުވައި ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ފޮނުއްވާފައިވާ ސިޓީއާ މެދު ކޮމިޓީން މަޝްވަރާކުރުމަށްފަހު އެ ބައްދަލުވުމަށް ކޮމިޓީގެ މެންބަރުން ދަތުރުކުރުމަށް އޮކްޓޯބަރު މަހުގެ ފުރަތަމަ ހަފްތާ ނުވަތަ ނޮވެންބަރު މަހުގެ ފުރަތަމަ ހަފްތާ ކަމުގައި ނިންމެވިއެވެ. މީގެ އިތުރުން މިއަދު ކޮމިޓީގެ އެޖެންޑާ ކުރެވިފައިވަނީ ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ބިލުގެ 24 ވަނަ މާއްދާ އިން ފެށިގެން 38 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ނިޔަލަށް ދިރާސާކުރެއްވިއެވެ. އަދި ީ، ދިވެހިންނަށް އިންޑިއާއަށް ދިއުމަށް ވިސާހޯދުމަށް ހުރި ދަތިތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ދިވެހިރާއްޖޭގައިހުންނަ އިންޑިއާގެ އެމްބަސީއާ ބައްދަލުކުރުމަށާއި ދިވެހިރާއްޖޭއިން ސްރީލަންކާއަށް މަސްބޭރުކުރުމުގައި ދިމާވާދަތިތަކާ ގުޅޭގޮތުން ދިވެހިރާއްޖޭގައި ހުންނަ ސްރީލަންކާގެ ހައިކޮމިޝަނާ ބައްދަލުކުރުމަށް ކޮމިޓީއަށް ހުަށަހެޅުނު މައްސަލައާ ގުޅޭގޮތުން ސިޓީ ފޮނުވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA