ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

14 އޮކްޓޯބަރު 2021 10:42

ނަންބަރު

38

މާލިއްޔަތު ކޮމިޓީގެ 2021 ވަނަ އަހަރުގެ 38 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފޮނުއްވާފައިވާ 2022 ވަނަ އަހަރަށް ލަފާކުރާ ބަޖެޓާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2022 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓްގެ ރިކަރަންޓް ޚަރަދާއި އޮފީސް ހިންގުމަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ކުރާ ޚަރަދުގެ ގޮތުގައި 60,315,293 (ފަސްދޮޅަސް މިލިއަން ތިންލައްކަ ފަނަރަހާސް ދުއިސައްތަ ނުވަދިހަ ތިނެއް) ރުފިޔާކަމަށާއި، އަދި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ގޮތުގައި 30,000,000 (ތިރީސް މިލިއަން) ރުފިޔާކަމުގައި ކަނޑައަޅުއްވައި، 2022 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފާސްކުރާ މުޅި ޖުމްލަ ބަޖެޓްގެ ޢަދަދަކީ 90,315,293 (ނުވަދިހަ މިލިއަން ތިންލައްކަ ފަނަރަހާސް ދުއިސައްތަ ނުވަދިހަ ތިނެއް) ރުފިޔާ ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވައި، ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ތާޢީދުކުރެއްވި ހުށަހެޅުން އިއްތިފާޤުން ފާސްވެފައިވެއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
30 ސެޕްޓެމްބަރު 2021 - އޮޑިޓަރ ޖެެނެރަލްގެ އޮފީހުގެ 2022 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA