ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

11 އޮކްޓޯބަރު 2021 11:15

ނަންބަރު

36

މާލިއްޔަތު ކޮމިޓީގެ 2021 ވަނަ އަހަރުގެ 36 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފޮނުއްވާފައިވާ 2022 ވަނަ އަހަރަށް ލަފާކުރާ ބަޖެޓާއި ގުޅޭގޮތުން މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވިއެވެ. އެގޮތުން އޮޑިޓަރ ޖެނެރަލް އޮފީހުން 2022 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ރިކަރަންޓް ޚަރަދު އަދި އޮފީސް ހިންގުމަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ކުރާ ޚަރަދުގެ ގޮތުގައި ޖުމްލަ 63,561,587 (ފަސްދޮޅަސް ތިން މިލިއަން ފަސްލައްކަ ފަސްދޮޅަސް އެއްހާސް ފަސްސަތޭކަ އަށްޑިހަ ހަތް) ރުފިޔާ ހޭދަވާނެކަމަށް ލަފާކޮށްފައިވާތީ، މިނިސްޓްރީ އޮފް ފިނޭންސްއިން އެ އޮފީހުގެ 2022 ވަނަ އަހަރަށް ކަނޑައަޅުއްވާފައިވާ ބޭސްލައިން ބަޖެޓުގެ ސީލިންގ ޢަދަދާއި އެ އޮފީހުން 2022 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ރިކަރަންޓް ޚަރަދު އަދި އޮފީސް ހިންގުމަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ކުރާ ޚަރަދުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ޢަދަދާއި އަދި ޕީ.އެސް.އައި.ޕީގެ ގޮތުގައި އޮފީސް ޢިމާރާތް ހެދުމަށް ކުރިއަށް އޮތް އަހަރު ތެރޭގައި ހޭދަވާނެކަމަށް ލަފާކޮށްފައިވާ 55,144,943 (ފަންސާސް ފަސް މިލިއަން އެއްލައްކަ ސާޅީސް ހަތަރުހާސް ނުވަސަތޭކަ ސާޅީސް ހަތަރު) ރުފިޔާގެ މަޝްރޫޢުއަށް ފައިސާ ހޯދުމަށް އެ މިނިސްޓްރީގެ ލަފާ ހޯއްދެވުމަށްފަހު، އޮޑިޓަރ ޖެނެރަލް އޮފީހުގެ ބޭފުޅުންނާއި ބައްދަލުކުރެއްވުމަށް ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޢަފޫރު މޫސާ ހުށަހަޅުއްވައި ފެލިދޫ ދާއިދާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދު ތާޢީދުކުރެއްވި ހުށަހެޅުއްވުމަށް ކޮމިޓީގެ އެއްވެސް މެންބަރަކު އިޢުތިރާޒުކޮށްފައިނުވުމުން ފާސްވިއެވެ. އަދި، 06 އޮކްޓޫބަރު 2021 މިނިސްޓްރީ އޮފް ފިނޭންސްއިން ފޮނުއްވާފައިވާ އިސްލާމިކް ކޯޕަރޭޝަން ފޮރ ދި ޑިވެލޮޕމެންޓް އޮފް ޕްރައިވެޓް ސެކްޓަރ (އައިސީޑީ) ސުކޫކާއި 2 ސެޕްޓެންބަރު 2021 ގައި ދިވެހި ސަރުކާރާއި އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް އިންޑިއާ) އާ ދެމެދު "ޑިވެލޮޕްމަންޓް އޮފް ސްޕޯޓްސް އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓް"ގެ ދަށުން 40 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެގްރީމަންޓްއާއި ގުޅޭގޮތުން މެންބަރުންނާ ޙިއްޞާކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA