ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

21 ސެޕްޓެމްބަރު 2021 12:40

ނަންބަރު

41

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2021 ވަނަ އަހަރުގެ 41 ވަަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އިންޑިއާގެ ކޮޗިންއާއި ރާއްޖޭގެ ރަށްތަކާއި ދެމެދު ކުރައްވަމުން ގެންދަވާ ފެރީ ދަތުރުތަކަކީ އޭގެ ސަބަބުން ދިވެހި ވިޔަފާރިވެރިން އަދި ޢާންމު ރައްޔިތުންނަށް އެތަކެއް ފައިދާތަކެއް ލިބެމުން އަންނަ ކަމެއްކަމަށާއި ނަމަވެސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ނަންގަވަމުން ގެންދަވާ ބަނދަރު ފީ ބޮޑު ކޮށްފައިވުމުން، ދިވެހި ވިޔަފާރިވެރިން އަދި ޢާންމުންނަށް ލިބެމުން އައި ފައިދާތަކަށް ނޭދެވޭ އަސަރު ފޯރާފައިވާކަމުގެ ޝަކުވާ ލިބެމުންދާ މައްސަލައާ ގުޅޭ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ފޮނުއްވާފައިވާ މަޢުލޫމާތު ދިރާސާކުރެއްވިއެވެ. އެ މައްސަލައަށް ޙައްލެއް ގެނައުމަށްޓަކައި އެ ކުންފުނިން އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ، ހުޅުމާލެ އަދި މާލޭގެ ބަނދަރުން ފާއިތުވި 5 އަހަރު (2016 އިން 2021އަށް) ނަންގަވާފައިވާ ހުރިހާ ފީ އަދި ޗާޖްސްތަކާއި (ޕައިލޮޓޭޖް އަގުތަކާއި އެހެނިހެން ހުރިހާ އަގުތަކެއް ހިމެނޭގޮތަށް)، އަދި އެ ފީ އަދި ޗާޖްސްތަކަށް އައިސްފައިވާ ބަދަލުތަކުގެ ތަފްޞީލް ހޯއްދެވުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
6 ސެޕްޓެމްބަރު 2021 - އެމް.އެސް.އެސް އިން ހިންގަމުންދާ ކޮޗިންފެރީއާ ގުޅޭ
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA