ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

20 އޮކްޓޯބަރު 2021 12:50

ނަންބަރު

39

މާލިއްޔަތު ކޮމިޓީގެ 2021 ވަނަ އަހަރުގެ 39 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ އޮނިގަނޑުގައި ރައީސް ފިޔަވައި ކޮމިޝަންގެ މެންބަރުންގެ މުސާރަ އެހެނިހެން މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރައާ އަޅާބަލާއިރު ބޮޑު ފަރަގެއްވާކަމަށް ބަޔާންކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފޮނުއްވާފައިވާ މައްސަލައާ މެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން މައްސަލައާ ގުޅޭ ގޮތުން ނޭޝަނަލް ޕޭ ކޮމިޝަނުގެ ޙިޔާލާއި މަޝްވަރާ ހޯދުމަށް އެ ކޮމިޝަނަށް ސިޓީ ފޮނުއްވުމަށް ވިލުފުށި ދާއިރާގެ މެންބަރު ޙަސަން އަފީފް ހުށަހަޅުއްވާ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޢަފޫރު މޫސާ ތާޢީދުކުރެއްވި ހުށަހެޅުމަށް ކޮމިޓީގެ އެއްވެސް މެންބަރަކު އިޢުތިރާޒް ނުކުރެއްވުމުގެ ސަބަބުން ފާސްވިއެވެ. އަދި ދިވެހިރާއްޖޭގައި ކުރެވޭ ވިޔަފާރިތަކުން ލިބޭ ފައިސާގެ ބޮޑުބައެއް ދިވެހިރާއްޖޭގެ ފައިނޭންޝަލް ސިސްޓަމަށް ވަންނަމުންނުދާކަން ފާހަގަކުރެވޭތީ އެކަމަށް އަވަސް ޙައްލެއް ހޯދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލައި ހުށަހަޅާފައިވާ ޤަރާރާއި ކޮވިޑް-19 ގެ ބަލިމަޑު ކަމުން އިޤްތިޞާދަށް ކުރާ ނޭދެވޭ އަސަރުގެ ސަބަބުން، ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ލޯނު ނަގާފައިވާ ފަރާތްތަކަށް މޮރިޓޯރިއަމް ދިނުން އެދި ގޮވާލައި ހުށަހަޅާފައިވާ ޤަރާރުގެ ރިޕޯޓާއި ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށް ދެން އޮންނަ ބައްދަލުވުމެއްގައި އެޖެންޑާކުރެއްވުމަށް ކޮމިޓީގެ މުޤައްރިރު ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA