ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

4 އޮކްޓޯބަރު 2021 11:10

ނަންބަރު

44

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2021 ވަނަ އަހަރުގެ 44 ވަަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެސް.ޓީ.އޯ އިން ހުޅުމާލޭގައި ތަރައްޤީކުރަމުން އަންނަ ޓޫރިސްޓު ހޮޓާ ވިއްކާލުމަށްޓަކައި އެޗް.ޑީ.ސީ އިން ކޮށްފައިވާ އިޢުލާނަށް ބިޑު ހުށަހެޅި ކުންފުނިތައް އިވެލުއޭޓްކުރުމަށްފަހު، އެ ހޮޓާ ސްރީލަންކާގެ ބްރައުންސް ކުންފުންޏަށް އެވޯރޑްކޮށްފައިވަނީ 3 މިލިއަން ޑޮލަރުގެ ކޮރަޕްޝަންގެ ޢަމަލެއްގެ ތެރެއިންކަމަށް ތުޙުމަތުކުރެވޭތީ، އެ މައްސަލަ ބައްލަވައިދެއްވުމަށް އެދި ޖޭ ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުން ފޮނުއްވާފައިވާ މައްސަލައާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން އެ މައްސަލަކީ އެ ކޮމިޝަނުން ތަޙްޤީޤުކުރައްވަމުން އަންނަ މައްސަލައެއްކަމަށް އެ ކޮމިޝަނުން މަޢުލޫމާތު ދެއްވާފައިވާތީ، އެ މައްސަލައިގައި ގޮތެއް ނިމިގެންދާނީ އެ ކޮމިޝަނުން އެ މައްސަލަ ތަޙްޤީޤުކުރައްވައި ނިންމެވުމުންކަމަށް މައްސަލަ ހުށަހެޅުއްވި ފަރާތަށް ދެންނެވުމަށް ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްޠިފާޤުން ނިންމެވިއެވެ. އެއަށްފަހު މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އުވާލުމާ ގުޅިގެން އެ ކުންފުނީގެ ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް ސިވިލް ސަރވިސްއިން ވަޒީފާ ދިނުމަށް ނިންމަވާފައިވާ މައްސަލައާ ގުޅިގެން، އެފަރާތްތަކުގެ މުސާރައާއި ޢިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވުމަށް އެދި ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ސިވިލް ސަވރވިސްގައި މަސައްކަތްކުރައްވަމުން ގެންދަވާ ޓެކްނިކަލް މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު ނޭޝަނަލް ޕޭ ކޮމިޝަނުން އެކުލަވާލައި ނިމޭނެ ތާރީޚެއް ސާފުކުރެއްވުމަށް އެ ކޮމިޝަނަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ. އަދި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އުވާލިއިރު ކަންތައްތައް ހިނގާފައިވާ ގޮތާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގަވާފައިވާ އެންގެވުންތަކާއި އަދި ސަރުކާރު ޙިއްޞާވާ ކުންފުނިތައް އުވާލާއިރު، ޢަމަލުކުރާނެ ވައިންޑް އަޕް ޕްރޮސީޖަރ އެކުލަވާލެވިފައިވޭތޯ ސާފުކުރެއްވުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ސިޓީ ފޮނުއްވުމަށް ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްޠިފާޤުން ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
26 އޯގަސްޓު 2021 - ޖޭ ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA