ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2021 ވަނަ އަހަރުގެ 47 ވަަނަ ބައްދަލުވުން

20 އޮކްޓޯބަރު 2021 13:40 ނަންބަރު 47

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށް އެ ކުންފުނިތަކުން ކުރިއަށްގެންދާ މަޝްރޫޢާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ލިމިޓެޑާއި އަދި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. އެގޮތުން އެ މަޝްރޫޢުގެ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ މިންވަރާއި، މަސައްކަތް ނުނިމި ލަސްވާ ސަބަބާއި އަދި އަޅަމުންދާ ފްލެޓްތަކުގެ ޢަދަދުތަކާއި ސައިޒާއި އެ ފްލެޓްތައް ދިނުމަށް އެ ކުންފުނިތަކުން ކަނޑައަޅާފައިވާ އުސޫލުތަކުގެ މަޢުލޫމާތު މެންބަރުންނަށް ޙިއްޞާކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

7 އޭޕްރީލު 2021

ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށް ފްލެޓް އަޅަމުންދާ ކުންފުނިތަކުން އެ މަޝްރޫޢުތަކާގުޅޭ މަޢުލޫމާތު ހޯދައި އެ މަޢުލޫމާތު ދިރާސާކުރުން.

ރިޕޯޓް ހުށައެޅިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA