ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

25 އޮކްޓޯބަރު 2021 10:55

ނަންބަރު

40

މާލިއްޔަތު ކޮމިޓީގެ 2021 ވަނަ އަހަރުގެ 40 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އިންޑިއާގެ ކޮންޕްޓްރޯލަރ އެންޑް އޮޑީޓަރ ޖެނެރަލް މރ.ޝްރީ ގިރިޝް ޗަންދަރަ މުރުމު ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް އެދިވަޑައިގަންނަވާތީ، ތިރީގައިވާ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން 1. އަލްފާޟިލް ހުސައިން ނިޔާޒީ، އޮޑިޓަރ ޖެނެރަލް 2. އަލްފާޟިލް އަޙްމަދު ޞާލިޙު، ޑިރެކްޓަރ 3. އަލްފާޟިލް އިބްރާހީމް ނައީމް، ޑިރެކްޓަރ 4. އަލްފާޟިލާ ހައްވާ ސާއިގާ، މެނޭޖަރ 5. އަލްފާޟިލާ އާމިނަތު ނިއުމާ، މެނޭޖަރ އިންޑިއާގެ ކޮމްޕްޓްރޯލަރ އެންޑް އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން 1. އަލްފާޟިލް ގިރީޝް ޗަންދުރަ މުރުމު، ކޮމްޕްޓްރޯލަރ އެންޑް އޮޑިޓަރ ޖެނެރަލް އޮފް އިންޑިއާ 2. އަލްފާޟިލް އަޝުތޯޝް ޝަރުމާ، ޑިރެކަޓަރ ޖެނެރަލް އެންޑް ސީ.އޭ.ޖީގެ ސެކްރިޓަރީ 3. އަލްފާޟިލް އަމީތާބް ޕްރަސާދު، ޕްރިންސިޕަލް ޑިރެކްޓަރ- އިންޓަރނޭޝަނަލް ރިލޭޝަންސް 4. އަލްފާޟިލް ވިޝާލް ބާބޫސާހެބު ދެސާއި، ޑިރެކްޓަރ- ޕަރސެނަލް އިންޑިއާގެ ހައި ކޮމިޝަނުގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން 1. އަލްފާޟިލް ރޯހިތް ރާތިޝް، ޗާރޖޭ ދި އެފެއާޒް 2. އަލްފާޟިލާ ޕޫޖާ ޓިލޫ، ފަސްޓް ސެކްރެޓަރީ (ޕްރޮޖެކްޓްސް) 3. އަލްފާޟިލް ކަރަން ޔާދަވް، ފަސްޓް ސެކްރެޓަރީ (ޕޮލިޓިކަލް) މި ބައްދަލުވުމުގައި ވާހަކާފުޅު ދައްކަވަމުން ކޮމްޕްޓްރޯލަރ އެންޑް އޮޑިޓަރ ޖެނެރަލް އޮފް އިންޑިއާ އަލްފާޟިލް ގިރީޝް ޗަންދުރަ މުރުމު ކޮމިޓީގެ މެންބަރުން އިންޑިއާގެ ޕާރލިމެންޓަށް ވަޑައިގެން އެ ކޮމިޓީގެ ތަކުގެ ކަންހިނގާގޮތް ބަލާލެއްވުމަށް ދައުވަތު އެރުވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
26 ސެޕްޓެމްބަރު 2021 - އިންޑިއާގެ ކޮންޕްޓްރޯލަރ އެންޑް އޮޑީޓަރ ޖެނެރަލްއާ ބައްދަލުކުރެއްވުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA