ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

26 އޮކްޓޯބަރު 2021 12:40

ނަންބަރު

41

މާލިއްޔަތު ކޮމިޓީގެ 2021 ވަނަ އަހަރުގެ 41 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ޖޭއެމްސް ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑްއާއި ޙަވާލުކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި އެޅުމަށް ހަމަޖެހިފައިވާ 2،000 ސޯޝަލް ހައުސިންގ ޔުނިޓްގެ މަޝްރޫޢުއާއި އެމްބީސީ (އިންޑިއާ) ލިމިޓެޑްއާއި ޙަވާލުކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި އެޅުމަށް ހަމަޖެހިފައިވާ 2،000 ސޯޝަލް ހައުސިންގ ޔުނިޓްގެ މަޝްރޫޢަށް ބޭނުންބާ ފައިސާ ހަމަޖެއްސުމަށްޓަކައި، އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް އިންޑިއާ) އާ ދެމެދު 23 ސެޕްޓެންބަރު 2021 ގައި ސޮއިކޮށްފައިވާ ދެ ލޯނު އެއްބަސްވުމަށް ދިވެހި ސަރުކާރުން ގެރެންޓީ ދީފައިވާތީ އެ ގެރެންޓީގެ މަޢުލޫމާތު މެންބަރުންނާ ޙިއްޞާކުރުއްވިއެވެ. ދިވެހިރާއްޖޭގައި ކުރެވޭ ވިޔަފާރިތަކުން ލިބޭ ފައިސާގެ ބޮޑުބައެއް ދިވެހިރާއްޖޭގެ ފައިނޭންޝަލް ސިސްޓަމަށް ވަންނަމުންނުދާކަން ފާހަގަކުރެވޭތީ އެކަމަށް އަވަސް ޙައްލެއް ހޯދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލައި ހުށަހަޅާފައިވާ ޤަރާރުގެ ރިޕޯޓާއި ގުޅޭ ގޮތުން މަޝްވަރާކުރައްވައި، މި ޤަރާރާއި ގުޅެގޮތުން އިތުރު މަޢުލޫމާތު މިނިސްޓްރީ އޮފް ފިނޭންސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއިން ސާފުކުރެއްވުމަށްފަހު މި މައްސަލަ އެހެން ބައްދަލުވުމެއްގައި އެޖެންޑާ ކުރެއްވުމަށް ނިންމާފައިވެއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA