ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީ

ތާރީޚް

26 އޮކްޓޯބަރު 2021 11:50

ނަންބަރު

56

ޖުޑީޝިއަރީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 56 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) އަށް އިޞްލާޙު ގެނައުމުގެ ދެ ބިލަށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާއެކު މަޝްވަރާކުރުމަށްފަހު، އެޓަރނީ ޖެނެރަލް އޮފީހުން ފޮނުއްވާފައިވާ އިޞްލާޙުތައް ދިރާސާކޮށް، ބިލުގެ ވަކި ވަކި މާއްދާއިން ބައްލަވާ ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުން ބިލު ފާސްކުރެއްވިއެވެ. (ފެނިވަޑައިގަންނަވާކަމަށް ވޯޓުދެއްވި މެންބަރުން: ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު، ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު، ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް، މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު) (ކެންދޫ ދާއިރާގެ މެންބަރު އަލީ ޙުސައިން ވަކިގޮތަކަށް ވޯޓުނުދެއްވާ)

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA