ކޮމިޓީގެ ނަން

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ

ތާރީޚް

13 އޮކްޓޯބަރު 2021 12:40

ނަންބަރު

42

2021 ވަނަ އަހަރުގެ 42 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުންގެ ތެރެއިން އެ ކޮމިޝަންގެ ރައީސް އަދި ނައިބު ރައީސް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ދެ ނަންފުޅާގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން، ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސްކަމަށް މ. ބާރަނާގެ އަލްފާޟިލާ މަރްޔަމް މުނާ އަދި ނައިބު ރައީސްކަމަށް މއ.މާވެޔޮގެ ޑޮކްޓަރ އަޙްމަދު އަދުހަމް އަބްދުﷲގެ ނަންފުޅު، ފާސްކުރެއްވުމަށް ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ. އެހެނިހެން ކަންކަމުގެ ތެރެއިން، ދިވެހިރާއްޖޭގެ ޖަލުތަކުގައި ޝަރީޢަތް ނިމެންދެން ވާނުވާގައި ބަންދުކުރެވިފައިވާ ފަރާތްތަކުގެ މައްސަލައަށް މިއަދާހަމައަށް ޙައްލެއް ހޯދިފައިނުވާތީ، ބަންދުކުރެވިފައިފާ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ބޭސްފަރުވާ ޚިދުމަތް މިއަދާ ހަމައަށްވެސް އެކަށީގެންވާ މިންވަރަށް ފޯރުކޮށްދެވިފައިނުވާތީ، އެ މައްސަލައާ ގުޅިގެން ކަމާގުޅޭ އިދާރާތަކާ ބައްދަލުކުރުމަށް ކޮމިޓީންނިންމާފައިވެއެވެ. މާވަށު ދާއިރާގެ މެންބަރު ހުށަހަޅުއްވާފައިވާ، ކަރަންޓު ބިލަށް ވާ ފައިސާ ދައްކާފައިވީނަމަވެސް ފެނަކަ ކޯޕަރޭޝަންގެ މާވަށު ބްރާންޗްއިން އެ ރަށު ކައުންސިލްގެ ރައީސްގެ ގެއިން ކަރަންޓު ކަނޑާލާފައިވާކަމަށް ބުނާ މައްސަލައަކީ އެސް.އޯ.އީ ކޮމިޓީގެ ދާއިރާގެ ތެރޭގައި ހިމެނޭ މައްސަލައެއް ކަމުގައިވާތީ އެ މައްސަލަ އެ ކޮމިޓީއަށް ފޮނުވުމަށް ނިންމަވާފައިވެއެވެ

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA