ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

10 ފެބްރުއަރީ 2020 14:10

ނަންބަރު

6

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2020 ވަނަ އަހަރުގެ 6 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވުނީ މިނިސްޓްރީތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ސިވިލް ސަރވިސް ކޮމިޝަނުގެ އެއްބާރުލުން ލިބެމުންދާ މިންވަރާގުޅޭގޮތުން މިނިސްޓަރުންނާއެކު ބޭއްވުނު ބައްދަލުވުމުގައި ދެކުނުވުނު ވާހަކަތަކާމެދު މަޝްވަރާކުރެއްވުމެވެ. އެގޮތުން، މިނިސްޓަރުންނާއެކު ބޭއްވުނު ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގެ މައްޗަށް ބިނާކޮށް، މިނިސްޓްރީތަކަށް މިހާރުގެ ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާކަން ފާހަގަކުރައްވާފައިވާތީ، ސިވިލް ސަރވިސް ކޮމިޝަނުގެ 4 މެންބަރުން ވަކިކުރުމުގެ މައްސަލަ ވީހާވެސް އަވަހަކަށް މަޖިލީހުގެ ތަޅުމަށް ފޮނުއްވުމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް ހުށަހަޅުއްވާ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން ވޯޓުގައި ބައިވެރިވެޑައިގެންނެވި 6 މެންބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA