ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

20 ޖުލައި 2020 14:40

ނަންބަރު

43

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 43 ވަަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ގަން އިންޓަރނޭޝަނަލް އެއަރޕޯޓްއާ ގުޅޭ ގޮތުން ކޮމިޓީއިން އެކުލަވާލި ރިޕޯޓް ފާސްކޮށްފައިވެއެވެ. އަދި، މޯލްޑިވްސް ސްޓޭޓް ޝިޕިންގްއަށް 8 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާކަމަށް ޙަބަރު ލިބެމުންދާތީ މިކަމާ ގުޅިގެން އެ ކޮމްޕަނީގެ މެނޭޖިންގް ޑިރެކަޓަރު އަބްދުﷲ ސަޢީދު ހާޒިރުކުރުމަށް ފަހު ސުވާލުކުރުމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު ކުންފުނި ރަނގަޅަށް ހިނގަމުންދާތީ މި މައްސަލަ މި ވަގުތަކަށް ނިންމާލަން ނިންމެވިއެވެ. އެހެންނަމަވެސް ކޮމިޓީގެ މަޢުލޫމާތަށްޓަކައި މޯލްޑިވްސް ސްޓޭޓް ޝިޕިންގްގެ ބިޒްނަސް ޑިވެލޮޕްމަންޓް ޕްލޭން އަދި ކުންފުނީގެ ފޯކާސްޓް އަދި އެކުޗުއަލް ބަޖެޓްގެ މަޢުލޫމާތު ހޯދުމަށް ކޮމިޓީއިން ނިންމިއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ދިދަ ޖެހި ބޭރު ދަތުރުކުރާ އުޅަނދުތަކަށް ބޭރުގެ ބައެއް ޤައުމުތަކަށް އެތެރެނުވެވޭކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީއާއެކު ބޭއްވި ބައްދަލުވުމުގައި އެ ކުންފުނިން ވިދާޅުވެފައިވާތީ، ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ މެދުވެރިކޮށް މިކަމުގެ ސަބަބުތައް ދެނެގަނެ މިކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށް އެދި މަޖިލީހުގެ ރައީސަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA