ކޮމިޓީގެ ނަން

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ

ތާރީޚް

28 ސެޕްޓެމްބަރު 2021 13:00

ނަންބަރު

122

2021 ވަނަ އަހަރުގެ 122 ވަނަ ބައްދަލުވުން

ޚުލާސާ

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދިރާސާކުރައްވަމުން ގެންދަވާ، ކޮޓަރިއެއްގެ ތެރޭގައި ގްރޫޕަކުން ޒުވާނަކު ބަރަހަނާކޮށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯގެ މައްސަލައިގެ މަޢުލޫމާތު ފުލުހުންގެ ޚިދުމަތުން ސާފުކޮށްފައިވާއިރު އެ މައްސަލައިގެ ތަޙްޤީޤް ލަސްކަން ފާހަގަ ކުރައްވައި އެކަން ބައްލަވައި ދެއްވުން އެދި ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. ކ. މާފުށީ ޖަލުގައި ދެ ގައިދީންގެ ދެމެދުގައި ހިނގާދިޔަ ހަމަނުޖެހުމުގެ މައްސަލަ ތަޙްޤީޤްކުރަމުންދާ ގޮތް ބެލުމަށާއި، އެ ހަމަނުޖެހުމުގައި އަނިޔާ ލިބުނު ގައިދީއަށް އެކަށީގެންވާ ބޭސްފަރުވާ ލިބޭކަން ކަށަވަރު ކުރުމަށާއި އެފަދަ ހަމަނުޖެހުންތައް ތަކުރާރުވިޔަނުދިނުމަށް މިހާރުން މިހަރަށް އެޅެންހުރި ފިޔަވަޅުތަކަކީ ކޮބައިކަން ދެނެގަނެ އެ ފިޔަވަޅުތައް ކަމާބެހޭ ފަރާތްތަކަށް އެންގެވުމަށް އެދި ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އައްޑޫ ސިޓީގައި ވައްކަމާއި މާރާމާރީ އިތުރުވަމުންދާކަމަށް ބަޔާންކޮށް އެ ސިޓީގެ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަށް ކަށަވަރުކުރުމަށް މަސައްކަތްކޮށްދެއްވުން އެދި އައްޑޫ ސިޓީ ކައުންސިލުން ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA