ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

25 އޮކްޓޯބަރު 2021 12:30

ނަންބަރު

51

އިޤްތިޞާދީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 51 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، ޤާނޫނު ނަންބަރު 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ސުންގަޑި ކަނޑައެޅުމެވެ. އެގޮތުން ހުޅުވާލި ފުރުޞަތުގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވައި ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ތާއީދުކުރައްވައި ހުށަހަޅުއްވާފައިވަނީ ބިލުގެ މަސައްކަތް ކޮމިޓީން ނިންމާނެ ސުންގަޑިއަކީ 15 ނޮވެންބަރު 2021 ކަމުގައެވެ. އިތުރު ހުށަހެޅުމެއް ހުށަހެޅިފައިނުވާތީ މި ބިލުގެ މަސައްކަތް ކޮމިޓީން ނިންމާނެ ސުންގަޑިއަކީ 15 ނޮވެންބަރު 2021 ކަމުގައި ކޮމިޓީގެ އިއްތިފާޤުން ނިންމެވިއެވެ. އަދި މި ބިލާއި ގުޅޭގޮތުން ޕަބްލިކް ކޮމެންޓްސް ހޯދުމަށާއި މަޢުލޫމާތު ސާފުކުރެއްވުމަށް، މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އެސޯސިއޭޝަން ފޮރ ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް، ގެސްޓް ހައުސް އެސޯސިއޭޝަން އަދި އެސް.އެމް.އީ އެންޑް އެންޓަރޕްރިނިއަރ ފެޑެރޭޝަން އޮފް މޯލްޑިވްސްގެ ބޭފުޅުންނާއި ބައްދަލުކުރުމަށް ވެސް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA