ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

26 އޮކްޓޯބަރު 2021 11:30

ނަންބަރު

52

އިޤްތިޞާދީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 52 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ފޮނުއްވާފައިވާ ޑިވެލޮޕްމަންޓް އޮފް އަންއެމްޕްލޯއިމެންޓް އިންޝުއަރެންސް ބެނިފިޓް ޕްރޮގްރާމް ފޮރ ދި މޯލްޑިވްސް ސިޗުއޭޝަން އެސެސްމަންޓް ރިޕޯޓާމެދު މަޝްވަރާކުރުމެވެ. އެގޮތުން، މަޝްވަރާކުރުމަށްފަހު މި ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ބައެއް ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު، މެންބަރުން ފާހަގަކުރެއްވި ރިކަމެންޑޭޝަންސްތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ފޮނުވުމަށް ނިންމެވިއެވެ. މެންބަރުން ފާހަގަކުރައްވާފައިވާ ރިކަމެންޑޭޝަންސް؛ 1.އަންއެމްޕްލޮއިމަންޓް އިންޝުއަރެންސް ޕްރޮގްރާމްގައި އަލަށް ވަޒީފާ ހޯދާ ފަރާތްތައް (first time job seekers) އަދި ނުރަސްމީކޮށް ވަޒީފާ އަދާކުރާ ފަރާތްތައް (informally employed workers) ހިމެނުން ވަރަށް މުހިންމުކަމަށް؛ 2.މިހާރުވެސް، ޖޮބް ސެންޓަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް (ޚާއްޞަކޮށް 50 އަހަރާއި 65 އަހަރާ ދެމެދު އުމުރުފުރައިގެ ފަރާތްތަކަށް) ވަޒީފާ ނުލިބި ގިނަ ދުވަސްތަކެއް ހޭދަވާކަމާއި، އެފަދަ ފަރާތްތަކަށް މި ޕްރޮގްރާމްގެ ދަށުން އެކަށޭނެ ޙައްލެއް ލިބުން މުހިންމުކަމަށް؛ 3.އަންއެމްޕްލޮއިމަންޓް އިންޝުއަރެންސް ޕްރޮގްރާމަށް ފައިނޭންސްކުރުމަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ބޭނުންކުރުމަކީ އޮޕްޝަންއެއްތޯ ބެލުމަށް؛ އަދި 4.އަންއެމްޕްލޮއިމަންޓް އިންޝުއަރެންސް ޕްރޮގްރާމެއް ތަޢާރަފުކުރާއިރު، އެ ޕްރޮގްރާމްގެ ބޭނުމަށް ވަޒީފާ ނެތް ފަރާތެއްކަމަށް މާނަކުރާގޮތާއި، ޙާލަތްތަކާއި، ޖޮބް ސެންޓަރުގައި ރަޖިސްޓަރީވުމުގެ އުސޫލުތަކާއި، އަންއެމްޕްލޮއިމަންޓް އިންޝުއަރެންސް ލިބިދެވޭނެ މުއްދަތުތައްފަދަ، އެ ޕްރޮގްރާމްގެ ހަމަތަކާއި މިންތައް އެކަށައަޅައި، އެކަންކަން ސާފުކޮށް ފެންނަން އޮތުން މުހިންމުކަން.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
9 ސެޕްޓެމްބަރު 2021 - އަންއެމްޕްލޯއިމަންޓް އިންޝުއަރެންސް ބެނިފިޓް ޕްރޮގްރާމާ ގުޅޭ ރިޕޯޓްތައް
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA