ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

25 އޮކްޓޯބަރު 2021 14:10

ނަންބަރު

48

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2021 ވަނަ އަހަރުގެ 48 ވަަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޚިދުމަތްތަކާއި ބެހޭގޮތުން މޯލްޑިވްސް ޓްރޭޑް ޔޫނިއަންއަށް ހުރި ކަންބޮޑުވުންތައް ބަޔާންކޮށް އެ ޔޫނިއަންއިން 19 އެޕްރީލް 2021 ގައި ފޮނުއްވާފައިވާ ސިޓީއާއި މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އިންޑިއާއާއި ރާއްޖޭގެ ރަށްތަކާއި ދެމެދު ކުރައްވަމުން ގެންދަވާ ފެރީ ދަތުރުތަކަކީ އޭގެ ސަބަބުން ދިވެހި ވިޔަފާރިވެރިން އަދި ޢާންމު ރައްޔިތުންނަށް އެތަކެއް ފައިދާތަކެއް ލިބެމުން އަންނަ ކަމެއްކަމަށާއި ނަމަވެސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ނަންގަވަމުން ގެންދަވާ ބަނދަރު ފީ ބޮޑު ކޮށްފައިވުމުން، ދިވެހި ވިޔަފާރިވެރިން އަދި ޢާންމުންނަށް ލިބެމުން އައި ފައިދާތަކަށް ނޭދެވޭ އަސަރު ފޯރާފައިވާކަމުގެ ޝަކުވާ ލިބެމުންދާތީ، ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގ އަދި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. އެގޮތުން މޯލްޑިވްސް ޝިޕިންގ ކޮމްޕެނީއިން ވިޔަފާރިވެރިން އަތުން ނަގަމުންދާ ފީތަކަށް އައިސްފައިވާ ބަދަލާއި، އެ ފީތައް ބޮޑުކޮށްފައިވާ ސަބަބާއި އަދި މިކަމުގައި ދިމާވަމުންދާ ދަތިތަކާ ގުޅޭ މަޢުލޫމާތު އެބޭފުޅުން ދެއްވިއެވެ. އެއަށްފަހު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން އެ ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫޢާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް އެ ކުންފުނީގެ ކަމާގުޅޭ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. އެގޮތުން އެ މަޝްރޫޢުގެ މަސައްކަތް މިހާރު ހުއްޓިފައިވާކަމަށާއި އެ މަޝްރޫޢު ކުރިއަށްގެންދިއުމުގައި އެ ކުންފުންޏަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އަދި އެ މަޝްރޫޢު ކުރިއަށް ގެންދެވޭނެ އިތުރު މޮޑެލްއެއް އޮތްތޯ ބަލައި މަޝްވަރާކުރައްވަމުން ގެންދަވާކަމަށް އެ ބޭފުޅުން މަޢުލޫމާތު ދެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA