ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

27 އޮކްޓޯބަރު 2021 15:35

ނަންބަރު

51

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2021 ވަނަ އަހަރުގެ 51 ވަަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޚިދުމަތްތަކާއި ބެހޭގޮތުން މޯލްޑިވްސް ޓްރޭޑް ޔޫނިއަންއަށް ހުރި ކަންބޮޑުވުންތައް ބަޔާންކޮށް އެ ޔޫނިއަންއިން 19 އެޕްރީލް 2021 ގައި ފޮނުއްވާފައިވާ ސިޓީއާއި މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އިންޑިއާއާއި ރާއްޖޭގެ ރަށްތަކާއި ދެމެދު ކުރައްވަމުން ގެންދަވާ ފެރީ ދަތުރުތަކަކީ އޭގެ ސަބަބުން ދިވެހި ވިޔަފާރިވެރިން އަދި ޢާންމު ރައްޔިތުންނަށް އެތަކެއް ފައިދާތަކެއް ލިބެމުން އަންނަ ކަމެއްކަމަށާއި ނަމަވެސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ނަންގަވަމުން ގެންދަވާ ބަނދަރު ފީ ބޮޑުކޮށްފައިވުމުން، ދިވެހި ވިޔަފާރިވެރިން އަދި ޢާންމުންނަށް ލިބެމުން އައި ފައިދާތަކަށް ނޭދެވޭ އަސަރު ފޯރާފައިވާކަމުގެ ޝަކުވާ ލިބެމުންދާތީ، ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. އެގޮތުން ވަރަށް ކުދިކުދި ބަދަލުތަކެއް ފިޔަވައި އެ ކުންފުނިން ނަގަމުންދާ ފީތަކަށް ބަދަލެއް ނުގެންނަކަމަށާއި އަދި މޯލްޑިވްސް ސްޓޭޓް ޝިޕިންގ ގެ ބޮންތި-2 ގެ ދަތުރުތަކަށް ނަގާފައިވާ ފީތަކުގެ މަޢުލޫމާތު ވެސް ދެއްވިއެވެ. އަދި، މި މައްސަލައަށް ޙައްލެއް ގެނައުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނ،މޯލްޑިވްސް ސްޓޭޓް ޝިޕިންގ އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ޙާޒިރުކުރެއްވުމަށް ނިންމެވިއެވެ. އެއަށްފަހު، މޯލްޑިވްސް ޕޯޓްސްއިން އެ ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫޢާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް އެ ކުންފުނީގެ ކަމާގުޅޭ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA