ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

11 ފެބްރުއަރީ 2020 11:05

ނަންބަރު

7

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2020 ވަނަ އަހަރު ގެ 7 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަކަމަކަށް ކުރިއަށް ގެންދެވުނީ ސުންގަޑި ހަމަވެފައިވާ ބިލުތަކަށް ސުންގަޑި ކަނޑައެޅުމުގެ މަސައްކަތެވެ. އެގޮތުން ޤާނޫނު ނަންބަރު (2005/7 ދިވެހި ސިވިލްސަރވިސްގެ ޤާނޫނު) އަށް އިސްލާޙް ގެނައުމުގެ ބިލާއި ޤާނޫނު ނަންބަރު (2008/13 އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) އަށް އިސްލާޙް ގެނައުމުގެ ބިލު އަދި ޤާނޫނު (2008/8 އިލެކްޝަންސް ކޮމިޝަން ގެ ޤާނޫނު) އަށް އިސްލާޚު ގެނައުމުގެ ބިލުގެ ސުންގަޑި ހަމަވެފައިވާތީ އެ ބިލުތަކަށް އަލުން ކަނޑައެޅުއްވި ސުންގަޑި އަކީ 31 މާރިޗު 2020 އެވެ. ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ހުށަހަޅުއްވައި ގުރައިދޫ ދާއިރާގެ މެންބަރު ތާޢީދުކުރެއްވި މިހުށަހެޅުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީގައި ހާޟިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 5 މެންބަރުންގެ އިއްތިފާޤުން ފާސްކުރެވުނެވެ. އަދި ޤާނޫނު ނަންބަރު (1/2009 ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ޤާނޫނު) އަށް އިސްލާޙު ގެނައުމުގެ ބިލު ނިންމާނެ ސުންގަޑިއަކަށް 12 ފެބްރުއަރީ 2020 ކަމުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ހުށަހަޅުއްވައި ގުރައިދޫ ދާއިރާގެ މެންބަރު ތާޢީދުކުރެއްވި، މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީގައި ހާޟިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 5 މެންބަރުންގެ އިއްތިފާޤުން ފާސްކުރެވުނެވެ. އެއަށްފަހު، ޤާނޫނު ނަންބަރު (1/2009 ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ޤާނޫނު) އަށް އިސްލާޙު ގެނައުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނެވެ. މިގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި މިބިލާމެދު މަޝްވަރާ ކުރެއްވުމަށްފަހު އެއްބަސްވެވުނީ މިބިލަކީ މީގެ ސަބަބުން އެއްވެސް އިތުރު ނަތީޖާއެއް ނިކުންނާނެ ބިލެއްކަމަށް ނުފެންނަކަމަށެވެ. އަދި މިބިލު މި އޮތްގޮތަށް ފާސްކޮށްފިނަމަ ދައުލަތަށް އިތުރު ޚަރަދަކަށް ވެގެންވެސް ދާނެކަމެއްކަމަށް ގިނަ މެންބަރުން މަޝްވަރާދެއްވިއެވެ. މިގޮތަށް މެންބަރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ ހުށަހަޅުއްވައި ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ގާސިމް އަދި ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤު ތާއީދުކުރެއްވި މި ހުށަހެޅުމުގައިވަނީ ކޮމިޓީން މި ބިލު ފާސްކުރަން ނުފެންނަކަމަށެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީގައި ހާޟިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 6 މެންބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. އެއަށްފަހު ކުރިއަށް ގެންދެވީ ޤާނޫނު ނަންބަރު (2005/7 ދިވެހި ސިވިލްސަރވިސްގެ ޤާނޫނު) އަށް އިސްލާޙް ގެނައުމުގެ ބިލު، ދިރާސާ ކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން ބިލުގެ 18 ވަނަ މާއްދާގެ (4) (ބ)ގެ ނިޔަލަށް ބައްލަވައި ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA