ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ ސަބް ކޮމިޓީ (އައި.ޓީ.ސީ ދާއިރާގައި ރާއްޖެ އޮތް ޙާލަތު ދެނެގަނެ އެސަސްމެންޓެއް ހެދުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރުމަށް ހޮއްވެވި ސަބް ކޮމިޓީ)

ތާރީޚް

10 ނޮވެމްބަރު 2021 10:00

ނަންބަރު

18

ސަބް-ކޮމިޓީގެ 18 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ މުވާޞަލާތީ ޚިދުމަތްތައް ބެލެހެއްޓުމުގެ ޒިންމާ ޙަވާލުކުރެވިފައިވާ ފަރާތުން، ނުހަނު ދިގު މުއްދަތަކަށް ދިވެހިރާއްޖޭގައި ހަދާފައިވާ ޤާނޫނުތަކަށް ބެލުމެއްނެތި، ޓެލެކޮމް އޮޕަރޭޓަރުންގެ މަންފާއަށް ފަހިވާގޮތަކަށް، ރައްޔިތުންނަށް ނުހަނު ގެއްލުންވަމުންދާ މަގުން، ގިނަގުނަ ކަންތައްތަކެއް ތަރުތީބުކޮށްފައިވާކަމަށް ފާހަގަކުރައްވައި، އެ ކަންކަން ނިމުމަކަށް ގެނައުމަށް ގޮވާލައްވައި ހުށަހަޅުއްވާފައިވާ ޤަރާރާ ގުޅިގެން ޤާނޫނުތަކުގެ ދަށުން ކޮމިޔުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއިން ހަދަންޖެހޭ ގަވާއިދުތައް ޤާނޫނުގައިވާ ގޮތުގެމަތިން އެ އޮތޯރިޓީން ހަދާފައިވޭތޯ އިތުރަށް މަޢުލޫމާތު ސާފުކުރުމަށްފަހު، އެ އޮތޯރިޓީގެ ޖަވާބު ލިބުމުން ސަބް-ކޮމިޓީގެ ރިޕޯޓު ފާސްކުރުމަށް ނިންމަވާފައިވެއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
15 ފެބްރުއަރީ 2021 - މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ ޤަރާރު.
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA