ކޮމިޓީގެ ނަން

ޢާންމު ކޮމިޓީ

ތާރީޚް

1 ނޮވެމްބަރު 2021 10:00

ނަންބަރު

25

2021 ވަނަ އަހަރުގެ ޢާންމު ކޮމިޓީގެ 25 ވަނަ ބައްދަލުވުން.

ޚުލާސާ

މި ބައްދަލުވުމުގައި ފުރަތަމަ ކުރިޔަށް ގެންދެވީ 2022 ވަނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓް ބަހުސްގައި މެންބަރުންނަށް ވާހަކަ ދައްކަން ދެވޭ ފުރުޞަތުގެ ދިގުމުން ކަނޑައެޅުމެވެ. އެގޮތުން، މި މައްސަލައާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، ބަހުސް މަރުޙަލާގައި، ކޮންމެ މެންބަރަކަށް 15 މިނެޓުގެ އެއް ފުރުޞަތު ދެއްވުމަށާއި އަދި ކޮމިޓީ ރިޕޯޓު ހުށަހެޅުމަށްފަހު ރިޕޯޓަށް ބަހުސްކުރާ މަރުޙަލާގައި ކޮންމެ މެންބަރަކަށް 7 މިނެޓުގެ އެއް ފުރުޞަތު ދެއްވުމަށާއި، އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 213 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަޖެޓުގެ ބަހުސް ހިނގަމުންދާ ވަގުތު މެންބަރުން ފާހަގަކުރައްވާ ނުކުތާތަކަށް ޖަވާބުދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ ގޮތުގެ މަތިން މިނިސްޓަރ އޮފް ފިނޭންސަށް ޖުމްލަ 45 މިނެޓު ދެއްވުމަށް ކޮމިޓީގެ މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ. އެއަށްފަހު ކުރިއަށް ގެންދެވީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީ.ވީ.އެފް) ގެ ގްލޯބަލް ޕާލިމަންޓަރި ގްރޫޕްގައި ބައިވެރިވުމާމެދު ކޮމިޓީގެ ލަފަޔަކަށްއެދި ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމެވެ. އެގޮތުން މި މައްސަލައާމެދު ކޮމިޓީގައި މަޝްވަރާ ކުރެއްވުމަށްފަހު މި ޖަމްޢިއްޔާގައި ބައިވެރިވުމަށް ފެންނަކަމަށް ލާފާދެއްވުމަށް ކޮމިޓީގެ މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA