ކޮމިޓީގެ ނަން

ޢާންމު ކޮމިޓީ

ތާރީޚް

9 ނޮވެމްބަރު 2021 10:00

ނަންބަރު

26

2021 ވަނަ އަހަރުގެ ޢާންމު ކޮމިޓީގެ 26 ވަނަ ބައްދަލުވުން.

ޚުލާސާ

މި ބައްދަލުވުމުގައި ފުރަތަމަ ކުރިޔަށް ގެންދެވީ އެސިސްޓަންޓް ސަރޖަންޓް އެޓް އާމްސްގެ މަޤާމުގެ ކްލެސިފިކޭޝަނަށް ގެންނަން ބޭނުންވާ ބަދަލު ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު ފޮނުއްވާފައިވާތީ އެ މައްސަލަ ދިރާސާކުރެއްވުމެވެ. ރައްުޔިތުންގެ މަޖިލީހުގެ އިދާރާގެ ފަރާތުން ލިބުނު މަޢުލޫމާތުގެ އަލީގައި މި މައްސަލަ އިތުރަށް ދިރާސާކުރުމަށް ވަގުތު ބޭނުންވާކަމަށް ކޮމިޓީގެ މެންބަރުންނަށް ފެނިވަޑައިގަންނަވާތީ މި މައްސަލަ ފަހުން ބެއްލެވުމަށް ނިންމެވިއެވެ. އެއަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅުގެ މުވައްޒަފުންގެ ވަޒީފާގެ އޮނިގަނޑާއި މުވައްޒަފުންނާ ގުޅޭ އުސޫލު ދިރާސާކުރެއްވެވިއެވެ. މި މައްސަލައާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު ބައެއް ބަދަލުތައް ގެންނެވިއެވެ. އަދި މި ބަދަލުތަކާއެކު ކޮމިޓީން ފާސްކުރެއްވުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި އެވަގުތު ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން މި މައްސަލަ ފާސްވެގެންދިޔައެވެ. މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 212 ވަނަ މާއްދާގެ (ޅ) ގެ ދަށުން ބަޖެޓް ކޮމިޓީއަށް ހުށަހަޅަންޖެހޭ ރިޕޯޓާމެދު މަޝްވަރާކުރުމާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު މި މައްސަލަ ދިރާސާކުރެއްވުމަށް އަދި އިތުރު ވަގުތު ބޭނުންވާކަމަށް ކޮމިޓީގެ މެންބަރުންނަށް ފެނިވަޑައިގަންނަވާތީ މި މައްސަލަވެސް ފަހުން ބެއްލެވުމަށް ކޮމިޓީން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA