ކޮމިޓީގެ ނަން

ޢާންމު ކޮމިޓީ

ތާރީޚް

16 ނޮވެމްބަރު 2021 12:30

ނަންބަރު

29

2021 ވަނަ އަހަރުގެ ޢާންމު ކޮމިޓީގެ 29 ވަނަ ބައްދަލުވުން.

ޚުލާސާ

މި ބައްދަލުވުމުގައި ކުރިޔަށް ގެންދެވީ އެސިސްޓަންޓް ސަރޖަންޓް އެޓް އާމްސްގެ މަޤާމުގެ ކްލެސިފިކޭޝަނަށް ގެންނަން ބޭނުންވާ ބަދަލު ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު ފޮނުއްވާފައިވާތީ އެ މައްސަލަ ދިރާސާކުރެއްވުމެވެ. މި މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު ފާޠިމަތު ނިޔުޝާ ބައިވެރިވެވަޑައިގަތެވެ. އަދި ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު އަދި ވެސް އިތުރަށް ދިރާސާކުރުމަށް ވަގުތު ބޭނުންވާކަމަށް ނިންމަވައި ކޮމިޓީގެ ބައްދަލުވުން ނިންމަވާލެއްވެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA