ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

12 ފެބްރުއަރީ 2020 12:40

ނަންބަރު

3

އިޤްތިޞާދީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 3 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، ރަށު އުފެއްދުންތަކާއި ވިޔަފާރިތައް ރަށު ބަންދުން މިނިވަންކޮށް ޒަމާނީ ތަރައްޤީ ގެނުވައިދިނުމަށް ގޮވާލާ ޤަރާރުގެ މަސައްކަތެވެ. މި ޤަރާރާ މެދު މަޝްވަރާކުރެއްވުށް ހުޅުވާލި ފުރުޞަތުގައި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ހުށަހަޅުއްވައި ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙްސިން ޙަމީދު ތާއީދު ކުރައްވާފައިވަނީ، މި ޤަރާރު ދިރާސާކުރެއްވުމަށް 3 މެންބަރުންގެ ވަގުތީ ކޮމިޓީއެއް އެކުލަވާލެއްވުމަށެވެ. މިހުށަހެޅުން ވަނީ ކޮމިޓީ އަށް ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްކުރައްވާފައެވެ. މި ހުށަހެޅުން ފާސްވުމާއި ގުޅިގެން، 3 މެންބަރުންގެ ވަގުތީ ކޮމިޓީ އެކުލަވާލެއްވުމަށް ނަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެއްވުމުން، ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅުއްވައި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ތާއީދުކުރައްވާފައިވަނީ 3 މެންބަރުންގެ ވަގުތީ ކޮމިޓީގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހިމެނުމަށެވެ. މި ހުށަހެޅުން ވެސް ވަނީ ކޮމިޓީ އަށް ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްކުރައްވާފައެވެ. ދެވަނަ ކަމަކަށް ކުރިއަށް ގެންދެވީ، އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤަރާރުގެ މަސައްކަތެވެ. އެގޮތުން، މިހާރު ރައްޔިތުންގެ މަޖިލީހަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުމުގެ ބިލެއް ހުށަހެޅި މަސައްކަތް ކުރެވެމުންދާތީއާއެކު، މިޤަރާރު ހުށަހެޅި މަޤްޞަދު ހާސިލް ވަމުންދާތީ، އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައަޅާނެ އުސޫލެއް އެކުލަވާލުމަށާއި، އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުމުން އިޤްތިޞާދަށް ކުރާނެ އަސަރު ދިރާސާކުރުމަށާއި އަދި އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ޤާނޫނަކުން ކަނޑައެޅުމަށްޓަކައި ސަރުކާރުން ކުރަމުންގެންދަވާ މަސައްކަތް ހަލުވިކަމާ އެކު ނިންމެވުމަށް ކަމާބެހޭ އިދާރާތަކަށް އިލްތިމާސްކުރެއްވައި ރިކޮމެންޑޭޝަނެއް ލުމަށްފަހު މިޤަރާރުގެ މަސައްކަތް ކޮމިޓީން ނިންމެވުމަށް ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްކުރައްވާފައެވެ. އެއަށްފަހު ދެން ކުރިއަށް ގެންދެވީ، ކޮމިޓީއަށް ފޮނުއްވާފައިވާ، ވިޔަފާރީގެ ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލު ކޮމިޓީން ދިރާސާކޮށް ނިންމާނެ ސުންގަޑިއެއް ކަނޑައެޅުމުގެ މަސައްކަތެވެ. އެގޮތުން، ހުޅުވާލި ފުރުޞަތުގައި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ހުށަހަޅުއްވައި ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ތާއީދުކުރައްވާ ހުށަހަޅުއްވާފައިވަނީ މިބިލުގެ މަސައްކަތް ކޮމިޓީން ނިންމާނެ ސުންގަޑިއަކީ 15 މާރޗް 2020 އެވެ. މި ހުށަހެޅުން ވެސް ވަނީ ކޮމިޓީ އަށް ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްކުރައްވާފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA