ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

11 ފެބްރުއަރީ 2020 12:40

ނަންބަރު

2

އިޤްތިޞާދީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 2 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ކޮމިޓީއަށް ފޮނުއްވާފައިވާ ޤަރާރުތަކުގެ މަސައްކަތެވެ. އެ ގޮތުން، ކޮމިޓީއަށް ފޮނުއްވާފައިވާ 3 ޤަރާރުގެ މަސައްކަތް ކޮމިޓީން ކުރިއަށް ގެންދާއިރުގައި އިސްކަންދޭނެ އުސޫލެއް ކަނޑައެޅުމަށް ހުޅުވާލި ފުރުޞަތުގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވައި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ތާއީދު ކުރައްވާފައިވަނީ ދުނިޔޭގެ މިހާރުގެ ޙާލަތަށް ބަލައި، ދަނޑުވެރިކަމާބެހޭ ފުޑް ސެކިއުރިޓީ ޤަރާރު ގެ މަސައްކަތް ފުރަތަމަ ކުރިއަށް ގެންދިއުމަށެވެ. އެގޮތުން، ދަނޑުވެރިކަމާބެހޭ ފުޑް ސެކިއުރިޓީ ޤަރާރު މެދު ކޮމިޓީގައި މަޝްވަރާކުރެއްވުމަށް ހުޅުވާލި ފުރުޞަތުގައި، މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ހުށަހަޅުއްވައި މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ތާއީދުކުރައްވާފައިވަނީ، ޤަރާރުގައި ފާހަގަކުރައްވާފައިވާ ކަންކަމުގެ އިތުރުން ދަނޑުވެރިކަމާބެހޭ ފުޑް ސެކިއުރިޓީ ޤާއިމްކުރުމުގެ މުހިންމުކަމާއި އެކަމާ ގުޅޭގޮތުން ދިވެހި ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމަށް އެކި ކަހަލަ ޕްރޮގްރާމްތައް ކަމާ ގުޅޭ ވުޒާރާތަކުން ސަރުކާރުގެ އެހެން އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދެވުމަށް ރިކޮމެންޑޭޝަން ލުމަށްފަހު ޤަރާރު އޮތްގޮތަށް ކޮމިޓީން ފާސްކޮށް މަޖިލީހަށް ހުށަހެޅުމަށެވެ. މި ހުށަހެޅުން ވަނީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްކުރައްވާފައެވެ. ދެން ކުރިއަށް ގެންދެވީ، ރަށު އުފެއްދުންތަކާއި ވިޔަފާރިތައް ރަށު ބަންދުން މިނިވަންކޮށް ޒަމާނީ ތަރައްޤީ ގެނުވައިދިނުމަށް ގޮވާލާ ޤަރާރުގެ މަސައްކަތެވެ. މި ޤަރާރާއި މެދު މަޝްވަރާކުރުމަށް ފަހު ދެން އޮންނަ ބައްދަލުވުމެއްގައި ގޮތެއް ނިންމެވުމަށް ނިންމަވައި، މިއަދުގެ ބައްދަލުވުން ނިންމަވާލެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA