ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

27 ސެޕްޓެމްބަރު 2021 14:10

ނަންބަރު

40

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2021 ވަނަ އަހަރުގެ 40 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ ކޮމިޓީއަށް ލިބިފައިވާ ސިޓީތަކާމެދު މަޝްވަރާކޮށް ގޮތެއް ނިންމުމެވެ. މިގޮތުން، މާލިއްޔަތު ކޮމިޓީން އިސްލާމިކް މިނިސްޓްރީ ގެ އޮޑިޓް ރިޕޯޓުން ފާހަގަ ކުރެވިފައިވާ، އިސްލާމިކް މިނިސްޓްރީ އިން މައްޔިތުން އުފުލުމަށް ބޭނުންކުރި ދެ ދޯންޏާ ގުޅޭގޮތުން ޢަމަލުކުރާނެގޮތެއް އަންގާދިނުމަށް އެންޓި-ކޮމިޝަނުގައި އެދުމުން، ދޯނިތަކާމެދު މިނިސްޓްރީން ވަކިގޮތަކަށް ޢަމަލުކުރުމަށް ނުވަތަ ނުކުރުމަށް އިޢުތިރާޟްނުކުރާކަމަށް އެ ކޮމިޝަނުން އަންގަވާފައިވާ މައްސަލަ ދިރާސާކޮށްދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުން ފޮނުވާފައިވާ ސިޓީ ދިރާސާކުރެއްވިއެވެ. އަދި މި ކަން ހިނގާފައިވާ ގޮތެއް ސާފުކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ. އެއަށްފަހު، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުންގެ މުސާރައާއި އެހެން ކޮމިޝަންތަކުގެ މެންބަރުންގެ މުސާރައިގެ ފަރަގާ ގުޅޭގޮތުންނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހަކު ހަމަޖެއްސިފައިނުވާ މައިގަނޑު ސަބަބާގުޅޭ ގޮތުން އެ ކޮމިޝަނުން ފޮނުއްވާފައިވާ ސިޓީ ދިރާސާކުރެވުނެވެ. ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރައާގުޅޭ މައްސަލަތަކަކީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މަސްއޫލިއްޔަތުގެ ދާއިރާގައި ހިމެނޭ ކަމަކަށްވާތީ، މިމައްސަލައަށް ޙައްލެއް ހޯދުމަށް އެދި މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމަށް ނިންމެވިއެވެ. ދެން ކުރިއަށް ގެންދެވުނީ، އެކްސް ޕަވަރ މޯލްޑިވްސް ގެ ފަރާތުން ހުށަހެޅުއްވާފައިވާ ސިޓީ ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، އެސިޓީން އެކްސް ޕަވަރ މޯލްޑިވްސް ހުށަހަޅުއްވާފައިވާ ޚިޔާލުތައް، ސަރުކާރުގެ ފަރާތުން ބްރޯޑްކާސްޓްކުރާ ފަރާތްތަކާއި ޕްރިންޓް އަދި އެނޫންވެސް މީޑިއާގެ ފަރާތްތަކާގުޅޭ ކަންކަން އެއް މުއައްސަސާއަކުން ތަންޒީމުކުރުމަށްޓަކައި ބިލެއް އެކުލަވާލައްވަމުން ގެންދަވާތީ އެ ބިލު މަޖިލީހަށް ލިބި ކޮމިޓީއަށް ފޮނުވުމާއެކު އެ ބިލުގެ މަސައްކަތް ކޮމިޓީއިން ފެއްޓެވުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާގޮތުގެމަތިން އާންމުންގެ ޚިޔާލަށް ހުޅުވައިލުމުން، އެ ފުރުސަތުގައި އެ ބިލަށް ގެންނަން ބޭނުންފުޅުވާ އިސްލާހުތައް ހިއްސާކޮށްދެއްވުމަށް ދެންނެވުމަށް ކޮމިޓީން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA